ދެމީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓު ވެއްޖެ

ދެމީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓް ވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮށްފައިވާ ޕޯސްޓެއްގައި ބުންފައިވަނީ، 2 މީހުންނާއިއެކު ދަތުރުކުރަމުންދިޔަ ”ޓުއަރ ގާރޑް“ ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެފައިވާ ކަމަށާއި އަދި އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެއިތުރުން މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިކަތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް އެޕޯސްޓުގައި ބުނެފައިވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ކިހިނެއްކަމާއި މިކަމާބެހޭ އިތުރު ތަފްސީލެއް އަދިހާމަކޮށްފައި ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.