އެމެރިކާއިން އިރާންގެ އަސްކަރީ ސައިޓުތަކަކަށް ޙަމަލާދީފި ކަމަށް އެގައުމުން ބުނެފި

އެމެރިކާއިން އިރާންގެ އަސްކަރީ ސައިޓުތަކަކަށް ޙަމަލާދީފިކަމަށް އެމެރިކާގެ އަސްކަރިއްޔާއާއި ހަވާލާދީ ބައިނަލްއަޤްވާމީ ޙަބަރުތަކުން ބުނެފި އެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއިން ޙަމަލާތައް ދީފައިވަނީ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށާއި އެމެރިކާގެ ސިފައިންނަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށްބުނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އީރާނުގެ މީޑިއާތަކުން މިކަމާ ގުޅޭގޮތުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސިފައިން ހަމަލާ ދީފައިވަނީ ބަންޑާރު އައްބާސް ބަނދަރާ ކައިރި ސަރަހައްދަކަށެވެ. ނަމަވެސް، މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އަދި އެއްވެސް މާއްދީ ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.

ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ ބަންޑަރު އައްބާސް ސިޓީއާ ކައިރި ސަރަހައްދަކަށް އެމެރިކާއިން ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، އެ ސަރަހައްދުގައި ހުރި އެމެރިކާގެ ”ވައިގެ އަސްކަރީ މަރުކަޒަކަށް“ އީރާނުގެ ފައުޖުތަކުން ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އަދި އޭޕީ ނިއުސް އެޖެންސީން ބުނެފައިވަނީ، އެމެރިކާ ސިފައިން އީރާނުގެ ހަތަރު ޑްރޯން ވައްޓާލައި، ބަންޑަރު އައްބާސްގައި ހުރި ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، އެއްވެސް މުދަލަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ތަސްނީމް ނިއުސްއިން ބުނެފައިވެއެވެ.

ސަރަހައްދީ ނުތަނަވަސްކަން އިތުރުވެފައި މިވަނީ، ވޮޝިންޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކުގެ ތެރެއިން، ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

މީގެ އިތުރުން، އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ އީރާނުން އަލަށް އުފެއްދި ”ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ“ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަންތަނުގެ ލިސްޓުގައި ހިމަނާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.