ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތައާއި ހަކަތައިގެ ޔަޤީން އިތުރުކުރުމަށް ޕްރޮގާރާމެއް ފަށައިފި

މިއީ ރާއްޖޭގެ އިސްނެގުމުގެ ދަށުން ”އިނިޝިއޭޓިވް ފޯރ ރިނިއަބަލް އައިލެންޑް އެނަރޖީ“ (އައިރީ) ގެ ނަމުގައި ހިންގާ ހަރަކާތެކެވެ.

މިޙަރަކާތް ރަސްމީކޮށް ޢިޢުލާން ކޮށްދެއްވީ މޮރޮކޯގެ މަރަކޭޝްގައި މިހާރު ކުރިޔަށްދާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ސަމިޓް ނުވަތަ ކޮޕް 22 ގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އތާރިޤް އިބްރާހީމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެއޯސިސްގެ މިދައުރުގެ ޗެއާރމަންގެ ޙައިޘިއްޔަތުން މި ޕްރޮގްރާމް އިޢުލާން ކުރައްވަމުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މި ޙަރަކާތުގެ މައިގަނޑު ބޭނުމަކީ ކުދި ޤައުމުތަކުގައި އިޔާދަ ކުރަނިވި ހަކަތަ އިތުރުކުރުމުގެ ގޮތުން ބޭނުންވާ ފައިސާ އާއި އިންސާނީ ވަސީލަތްތައް ހޯދުމާއި ތަރައްޤީ ކުރުމާއި އަދި މިކަމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުން ގޮވާލައްވާފައެވެ.

”އައިރީ“ ގެ ނަމުގައި ހިންގާ މިޙަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ރިނިއަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އާ ގުޅިގެން އެފަރާތުގެ ބައިވެރިވުން ލިބިގެން ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މި ގޮތުން މި ޙަރަކާތުގެ ބޭނުންތަކުގެތެރޭގައި ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަ ކުރަނިވި ހަކަތަ އިތުރުކުރުމާއި ހަކަތަ އިޤްތިޞާދު ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސިޔާސީ ބައިވެރިވުން ހޯދުން ހިމެނޭކަމަށް ވިދާޅުވިއެވެ.

”އެއޯސިސް“ ޤައުމުތައް ހިމެނިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ސާފު އަދި އިޔާދަ ކުރަނިވި ހަކަތަ ފޯރުކޮށް ދިނުމަށާއި ވީހާވެސް ކުޑައަގެއްގައި ހަކަތަ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރާ ޤައުމުތަކުގެ ތެރޭގައެވެ. މީގެ އިތުރުން ޕެރިސް އެގްރީމަންޓްގެ ދަށުން މިޤައުމުތަކުން ތައްޔާކޮށްފައިވާ ”ކޮލައިމެޓް އެކްޝަންޕްލޭން “ ތަކުގައިވެސް އިޔާދަ ކުރަނިވި ހަކަތަ އިތުރުކޮށް ފުޅާކުރުމަށް އިސްކަންދީފައިވެއެވެ.

”އައިރީ“ ޙަރަކާތް ރޭވުމަށާއި ހިންގުމުގެގޮތުން ތަފާތު ފަރާތްތައް ބައިވެރިވާ އެކި ފެންވަރުގެ ބައްދަލުވުންތައް 2017 ވަނަ އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި މިކަމަށް ހުރި ހުރަސްތައް ދެނެގަތުގެ މަސައްކަތްވެސް މިއަންނަ އަހަރު ފެށިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.