ބައެއް އަތޮޅުތަކުގެ ޔުޓިލިޓީޒް ޚިދުމަތް ސްޓެލްކޯއާއި ހަވާލުވާއިރު، އަމާޒަކީ ޚިދުމަތަށް ބުރުލެއް ނާރައި ބަދަލުގެނައުން: ސާއިދު

ބައެއް އަތޮޅުތަކުގެ ޔުޓިލިޓީޒް ޚިދުމަތް ސްޓެލްކޯއާއި ހަވާލުކުރެވިގެންދާއިރު، އެންމެ މުހިންމު ކަމަކީ މިހާރު ދެމުންގެންދާ ޚިދުމަތަށް އެއްވެސް ބުރުއެއް އެރުމެއްނެތި ރައްޔިތުންނަށް ދަތިނުވާނެހެން ޚިދުމަތް ދިނުން ކަމަށް، މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ސާއިދު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން މިހާރު ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސާއިދު ވިދާޅުވީ، ފެނަކަ އާއި ސްޓެލްކޯއިން އެރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ދެނެގަނެ ވީ އެންމެ ބާރުމިނެއްގައި އެމަސައްކަތް ކުރަމުންދާނެ ކަމަށެވެ.

”މިކަން ކުރާއިރު ފިނޭންސް މިނިސްޓްރީން ރާވާފަ މިވަނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އަޅުގަނޑުމެންގެ ފަރާތުން ދެ ކުންފުންޏަށް ދޭންޖެހޭ މާލީ އެހީތެރިކަމެއްވާނަމަ އެ އެހީތެރިކަމެއް ފޯރުކޮށްދީގެން ވީވަރަކުން ކުންފުނީގެ އަމިއްލަބާރުވެރިކަމުގަ އެކަންކަން ގެންދިއުމަށް “ ސާއިދު ވިދާޅުވިއެވެ.

ސާއިދު ވިދާޅުވީ މިހާރުވެސް ބައެއް އަތޮޅުތަކުގައި ޔުޓިލިޓީޒް ޚިދުމަތްތައް ދެމުންދާ ކަމަށެވެ. އެގޮތުން އއ. އދ. ކ. ވ. ޅ އަދި މ. ގައި ފެނަކައިން ދެމުންގެންދިއަ ކަރަންޓާއި ފެނުގެ ޚިދުމަތްތަކާއި ހަވާލުވާއިރު އިންޖީނުގެ ތަކުގެ ހާލަތު ދެނެގަނެ ޓްރާންސްފަރ މަރުހަލާގައި ބައިވަރު އޮޕަރޭޝަންތައް ހިނގަމުންދާނެ ކަމަށެވެ.

އޭގެތެރޭގައި ތެޔޮ އުފުލުމާއި ތެޔޮ ބަރުކޮށް ލޯޑް ކުރުމާއި، ޖެނެރޭޝަނާއި ދިރާސާކުރުމުގެ ކަންކަން ކުރަމުންދާނެ ކަމަށެވެ.

ސާއިދު ވިދާޅުވީ މިބަދަލު ގެނެވުމާއެކު ގެނެވޭނެ އެންމެބޮޑު ބަދަލަކީ މެދުރާއްޖެ ތެރޭގައި ޖުމްލަކޮށް ކަރަންޓްފެ ޚިދުމަތް ދެމުން ގެންދާނީ ސްޓެލްކޯއިން ކަމަށެވެ.

އަދި މި ބަދަލުގެ ގެނެވުމުން ކޮންމެ ކުންފުންޏަކަށްވެސް އެ ކުންފުނީގެ މައިގަނޑު މަސައްކަތަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސާއިިދު ވިދާޅުވީ މި ބަދަލު މިގެންނަމުން ދަނީ ފިނޭންސް މިނިސްޓްރީގެ ލަފައާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށްގެންދިއުން ކަމަށާއި އަމާޒަކީ، އިންޖީނުގެތައް އޭގެ ފުރިހަމަބާރުވެރިކަމާއެކު ސްޓެލްކޯގެ ދަށަށް ބަދަލުކުރެވި، މެދުނުކެނޑި ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

ބައެއް އަތޮޅުތަކުގައި ފެނަކަ ކޯޕަރޭޝަނުން މިހާރު ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައި މި ބަދަލު ގެނެސްފައި ވަނީ، ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގައެވެ.

ސްޓެލްކޯއިން މިހާރުވެސް ދަނީ ކ.، ވ.، އއ.، އަދި އދ. އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. ސަރުކާރުގެ މި ފަހުގެ ނިންމުމާއެކު، އަލަށް ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާއަށް ބ. އަތޮޅުން އިތުރުވަނީ ދަރަވަންދޫ، ދޮންފަނު، އޭދަފުށި، ފެހެންދޫ، ފުޅަދޫ، ގޮއިދޫ، ހިތާދޫ، ކަމަދޫ، ކެންދޫ، ކިހާދޫ، ކުޑަރިކިލު، މާޅޮސް، އަދި ތުޅާދޫއެވެ. މީގެ އިތުރުން، ޅ. އަތޮޅުން ހިންނަވަރު، ކުރެންދޫ، ނައިފަރު، އަދި އޮޅުވެލިފުށިވެސް ސްޓެލްކޯގެ ދަށަށް ބަދަލުވާނެއެވެ. ހަމައެއާއެކު، މ. އަތޮޅުން ސްޓެލްކޯގެ ދަށަށް ބަދަލުވާ ރަށްރަށަކީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރީ، މުލައް، މުލި، ނާލާފުށި، ރައިމަންދޫ، އަދި ވޭވަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.