ތ. ވޭމަންޑަޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

23 ދުވަހުގެ ތެރޭގައި ތ. ވޭމަންޑަޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހު ފަށާފައުވާއިރު، މަސައްކަތް ނިންމާަފައިވަނީ މިމަހު 4 ވަނަ ދުވަހުއެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމުލަ 27 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ވަނީ ހިއްކާފައެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ބޭނުންކުރީ ”ފިލީޕޯ ބްރޫނެލޭޝީ“ އެވެ. މިއީ އެއްފަހަރާ 11,300 ކިއުބިކް މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.