ހިނގުމަކީ ފުރިހަމަ ކަސްރަތެއްބާ؟

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ބުރަ އަދި ވަރުގަދަ ކަސްރަތުތަކަކީ އެކަނި ”އަސްލު“ ކަސްރަތު ކަމަށެވެ. ނަމަވެސް، މާހިރުން ބުނާ ގޮތުގައި ހިނގުމަކީ ހިތުގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ބަރުދަން ލުއިކުރުމަށް ވަރަށް ފައިދާހުރި ކަސްރަތެކެވެ.

ހިނގުމުން ލިބޭ މުހިންމު ފައިދާތައް

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
  • ލޭގެ ހަކުރު ކޮންޓްރޯލްކުރުން: ކެއުމަށްފަހު 30 މިނެޓު ހިނގާލުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ ކަމެކެވެ. މިއީ ހަކުރު ބަލިން ރައްކާތެރިވުމަށް އެހީވެދޭ ކަމެކެވެ.
  • ހިތުގެ ދުޅަހެޔޮކަން: ހަފުތާއަކު މަދުވެގެން 150 މިނެޓު ބާރަށް ހިނގުމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ. ދުވާލަކު 2,337 ފިޔަވަޅު އެޅުމުން ވެސް ހިތުގެ ބަލިތަކުގައި މަރުވުމުގެ ފުރުޞަޠު ކުޑަވެ އެވެ.
  • ސިކުނޑީގެ ދުޅަހެޔޮކަން: ބާރަށް ހިނގުމަކީ ހަނދާން ބަލިވުމުން (ޑިމެންޝިއާ) ރައްކާތެރިކޮށްދީ، ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދޭ ކަމެކެވެ.
  • ބަރުދަން ލުއިކުރުން: ގަޑިއަކު 4 ނުވަތަ 5 މޭލު ބާރަށް ހިނގުމުން، ދުވުމުން އަންދާލާ މިންވަރާ ގާތްކުރާ އަދަދަކަށް ކެލޮރީ އަންދާލެވެ އެވެ.
  • ނަފްސާނީ ދުޅަހެޔޮކަން: ޤަވާޢިދުން ހިނގުމަކީ މީހާގެ މޫޑު ރަނގަޅުކޮށްދީ، ސްޓްރެސް ކުޑަކޮށްދޭ ކަމެކެވެ.

ހިނގަންވީ ކިހާވަރަކަށް؟

  • ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އިން ލަފާދެނީ ޢާންމު ދުޅަހެޔޮކަމަށްޓަކައި ހަފުތާއަކު 150 މިނެޓު ބާރަށް ހިނގުމަށެވެ. ބަރުދަން ލުއިކުރަން ބޭނުންނަމަ 300 މިނެޓު ހިނގުން ރަނގަޅެވެ.
  • ބާރަށް ހިނގުމަކީ ކޮބާ؟ މީގެ މާނައަކީ ހިނގާއިރު ނޭވާލާން ކުޑަކޮށް އުނދަގޫވެ، ވާހަކަ ދެއްކޭވަރުވުން، އެކަމަކު ލަވަ ކިޔޭވަރު ނުވުމެވެ.

ހިނގުމުގެ ކަސްރަތު އިތުރަށް ވަރުގަދަކުރާނެ ގޮތް:

  1. ފެށުން: ދުވާލަކު 10 މިނެޓުން ފަށައިގެން މަޑުމަޑުން 30 މިނެޓަށް އިތުރުކުރާށެވެ.
  2. އުސް ތަންތަނަށް ހިނގުން: ފަރުބަދަ ނުވަތަ އުސް ހިސާބުތަކަށް ހިނގުމުން ފައިގެ މަސްތައް ވަރުގަދަވެ، ގިނައިން ކެލޮރީ އަންދާލެވެ އެވެ.
  3. ސިޑިން އެރުން: ހިނގުމުގެ ތެރޭގައި ސިޑިން އެރުން ހިމެނުމަކީ ހިތުގެ ވިންދު އަވަސްކޮށްދޭ ކަމެކެވެ.
  4. އިންޓަވަލް ޓްރޭނިންގް: 1 މިނެޓު ވަރަށް ބާރަށް ހިނގުމަށްފަހު، 4 މިނެޓު އާދައިގެ ބާރުމިނެއްގައި ހިނގާށެވެ. މިގޮތަށް ތަކުރާރު ކުރާށެވެ.
  5. ދުވަން ފެށުން: ހިނގުމަށް ހަށިގަނޑު ހޭނުމުން، މަޑުމަޑުން ދުވަން ފެށިދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.