ހަނގުރާމަ މިގޮތަށް ކުރިއަށް ދާނަމަ އެއްވެސް ޤައުމަކަށް މީގެ އަސަރު ނުކޮށް ނުދާނެ – ފާތިހު ބިރޯލް

ކެންބަރާގެ ނޭޝަނަލް ޕްރެސް ކްލަބުގައި ވާހަކަފުޅު ދައްކަވަމުން، އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) ގެ ޑިރެކްޓަރު ފާތިހު ބިރޯލް ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ މައްސަލަ ބޮޑުވަމުންދާތީ، ދުނިޔޭގެ އިގްތިސާދަށް ”ވަރަށް ބޮޑު ނުރައްކަލަކާ“ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރުގެ ހާލަތަކީ މީގެ ކުރިން ކުރިމަތިވި ތެލުގެ އަގުބޮޑުވުމުގެ ހާދިސާތަކާއި ގޭސް ލިބުމަށް ދިމާވި ދަތިތަކުގެ މަސްހުނިވުމެކެވެ. ”މި ކްރައިސިސް އަކީ މީގެ ކުރިން ދިމާވި ތެލުގެ ދެ ކްރައިސިސް އަކާއި ގޭހަށް ދިމާވި ބޮޑު ހީނަރުކަމެއް އެއްވެފައިވާ ފަދަ ކަމެއް،“ ބިރޯލް ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ކުރިއަށްދާނަމަ، އެއްވެސް ޤައުމަކަށް މީގެ އަސަރު ނުކޮށް ނުދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން، ހަކަތަ އުފައްދާ ގިނަ ވަސީލަތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ބޭނުންވެއްޖެ ޙާލަތެއްގައި ޤައުމުތަކުގެ ސްޓްރެޓީޖިކް އޮއިލް ރިޒާވް (ރައްކާކޮށްފައި ހުރި ތެޔޮ) ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.