ބަންގްލަދޭޝްއަށް ދަތުރުކުރާ މީހުންނަށް ވަގުތީގޮތުން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމައިފި

އަންނަ ބްރާސްފަތި ދުވަހުން ފެށިގެން ބަންގްލަދޭޝްއަށް ދަތުރުކުރާ މީހުންނަށް ވަގުތީގޮތުން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް އެޤައުމުން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން މިގޮތަށް ނިންމާފައިވަނީ ކުރިއަށްއޮތް އެޤައުމުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އެޤައުމުގެ ކަމާބެހޭ އިދާރާއިން ވަނީ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފެބުރުއަރީމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާދިނުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައެވެ.
މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ވަނީ، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދިފައެވެ.
އެގޮތުން އެ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރާނަމަ، ދަތުރުކުރުމުގެ ކުރިން ރާއްޖޭގައި ހުންނަ އެޤައުމުގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް ހާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ވަރަށްބޮޑަށް ބަދަލުވެފައިވާއިރު، މިއީ ހަސީނާގެ ވެރިކަމަށްފަހު ފުރަތަމަ ފަހަރަށް ބާއްވާ އާއްމު އިންތިހާބެވެ. ބަންގްލަދޭޝްގެ ވެރިކަން ދޫކުރައްވައި ހަސީނާ ވަޑައިގެންނެވުމާއެކު، އޭރު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ޤާނޫނު ހަދާ މަޖިލީސްވެސް ވަނީ އުވާލާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.