ހިޔާނާތް ފަޅާ އަރުވާލި ގާސިމް 8 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް، އަށް 8 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ޕީޖީގެ އެދުމުގެ މަތިން ސިއްރު ކޮށްގެންް ކުރިޔައް ގެންގޮސްފައިވާ މި މައްސަލާގެ އެއްވެސް ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ޕީޖީގެ އެދުމުގެ މަތިން ގާސިމް އަބްދުލް ކަރީމް އަށް މިމައްސަލާގައި ހުކުމް ކުރުމަށް ބޭއްވީ އަޑުއެހުންވެސް ބާއްވާފައިވަނީ ސިއްރުންނެވެ.
ފ.ނިލަންދޫ ބީއެމްއެލް ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ މައްޗަށް އުފުލީ އެނގިހުރެ ހުއްދަނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާ އެވެ.

އޭނާ ފަޅާއަރުވާލި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައަކީ ސަރުކާރުން މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ބުނާ އެމްއެމްޕީއާރްސީ ގެ ހިޔާނާތުގެ މައްސަލަ އެވެ.

ގާސިމް އާންމުކޮށްފައިވާ މައުލޫމާތުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް އެ ފައިސާ ދައުރުކުރި ގޮތުގެ ތަފްސީލް ހިމެނެއެވެ.

މިދިޔަ ފެބުރުއަރީ މަހު ބީއެމްއެލްއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ، ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހުއްދަ ނެތި އާންމުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ހައްޔަރުކޮށްފައިވަނީ ”އެމްއެމްޕީއާރްސީ“ ގެ ކޮރަޕްޝަން އާ ގުޅުން ހުރި އެސްއޯއެފް ކުންފުނީގެ އެކައުންޓްގެ މައުލޫމާތު ލީކު ކުރި މައްސަލާގަ އެވެ.

އޭނާ މިއަހަރު ފެބުރުއަރީ މަހު ފުލުހުން ގާސިމް ހައްޔަރުކުރި އިރު އޭނާ ހައްޔަރުކޮށްފައިވަނީ

ބީއެމްއެލްއިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ ބީއެމްއެލްގެ ކަސްޓަކަރެއްގެ މައުލޫމާތު އާންމު ކުރި ކަމުގެ ކުށާއި އެ މައުލޫމާތު ހޯދުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު އާންމު ކުރުން 8 މަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށާއި އެ މައުލޫމާތު ހޯދުމުން ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑަކަށް ވެސް ގާސިމްގެ ނަން ޓްރާންސްޕޭރަންސީ އިން ވަނީ ނޮމިނޭޓްކޮށްފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.