ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންގެ ޚިޔާލަށް އެދިއްޖެ

ސަރުކާރުގެ ޚިދުމަތްދޭ ފަރާތަކުން، އެފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި، ރައްޔިތުންގެ އަގުހުރި ހިޔާލުފުޅުތަކަށް އެދިއްޖެއެވެ. މި ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޚިޔާލު ހުށަހެޅުމަށް ޚާއްސަ އޮންލައިން ފޯމެއްވެސް ވަނީ ތައްޔާރުކުރެވިފަ އެވެ.

މިކަމާ ގުޅިގެން އެފަރާތުން ބުނެފައިވަނީ، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި، ރައްޔިތުންގެ އަގުހުރި ހިޔާލުފުޅުތަކަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި ޚިދުމަތްތައް ހަރުދަނާކުރުމަކީ އުނދަގޫ ކަމެއްކަން ފާހަގަކުރައްވައި، ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އަކީ އެންމެ އިތުބާރުހުރި މަޢުލޫމާތު ކަމުގައި ވެސް އެފަރާތުން ހާމަކުރެއްވި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވީމާ، ޚިދުމަތްތަކަށް އިތުރު ކުރިއެރުންތައް ގެނައުމަށްޓަކައި، އެ ފަރާތުން ހުޅުވާލާފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލު ހުށަހަޅުއްވައި ދެއްވުން އެދިފައިވެއެވެ. މިފޯމު ފުރުމުގެ މުއްދަތެއް ކަނޑައަޅާފައި ނުވާކަމުން، ރައްޔިތުންނަށް ފަސޭހައިން މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ލިބޭ ހިޔާލުތަކަށް ބިނާކޮށް ޚިދުމަތްތަކަށް ބޭނުންވާ ބަދަލުތައް ގެނެސް، ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އެފަރާތުން ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.