
ފާއިތުވި 68 އަހަރަށްފަހު ފެނުނު އެންމެ ބޮޑު، އެންމެ އަލިގަދަ ހަނދު ބަލައިލުމުގެ ޝަރަފް ދިވެހިންވެސް ހޯދައިފި
ފާއިތުވި 68 އަހަރަށްފަހު ފެނުނު އެންމެ ބޮޑު، އެންމެ އަލިގަދަ ހަނދު ބަލައިލުމުގެ ޝަރަފް ދިވެހިންވެސް ހޯދައިފިއެވެ.
މިއީ ވޭތުވެދިޔަ 68 އަހަރުގެ ތެރޭގައި ފެނިފައި ނުވާ ވަރުގެ ބޮޑު، އަލިގަދަ ހަނދެއް މިރޭ ފެނިފައިވާ އިރު، މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރީތި ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ. އަދި ގިނަ ބަޔަކު އަންނަނީ ހަނދުގެ ރީތި ފޮޓޯތައް ސޯޝަލް މީޑިއާގައިވެސް ޙިއްޞާ ކުރަމުންނެވެ.
ސައިންސްވެރިންނާ ޙަވާލާދީ މީޑިއާ ބުނާގޮތުން 1948 އަށްފަހު މިއަދަކީ ހަނދު ދުނިޔެއާ އެންމެ ކައިރިވާ ދުވަސް ކަމަށްވާތީ، އެހެންޏާ ފުރިހަމަ ހަނދެއްގައި ހުންނަވަރަށްވުރެ ހަނދު 14 އިންސައްތަ ބޮޑުވެފައި 30 އިންސައްތަ އަލިގަދަވާނެއެވެ.
މާލެއަށް މިރޭ އެންމެ ރީއްޗަށް ހަނދު ފެނިފައިވަނީ 18:52 ގައެވެ. މިރޭ މިފެނުނު ފަދަ ރީތި ހަނދެއް ދެން ފެންނާނީ ނޮވެމްބަރު 25 ވަނަ ދުވަހުގެ ރޭ 20:34 ގައިވެސް ފެންނާނެ ކަމަށް ސައިންސްވެރިންނާއި ނުޖޫމީ ޢިލްމުވެރިން ބުނެއެވެ.
ހަނދު މިހާ ބޮޑުކޮށް ފެނި، އަލިގަދަވަނީ ހަނދު އެހެންޏާ ދުނިޔެއާ ކައިރި ނުވާ ވަރަށް ކައިރިވުމުގެ ސަބަބުންނެވެ.




