
ވަރަ އެކްސްޕޯގައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ސްޓޯލްގައި ދަނޑުވެރިކަމުގައި އަގުއެއްކުރި ތަކެތި ދައްކާލުމުގެ ފުރުސަތު ހުޅުވާލައިފި.
ވަރަ އެކްސްޕޯގައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ސްޓޯލްގައި ދަނޑުވެރިކަމުގައި އަގުއެއްކުރި ތަކެތި ދައްކާލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށް ނޮވެންބަރު 6 އަކުން ނޮވެންބަރު 8 އަށް ބާއްވާ ވަރަ އެކްސްޕޯ 2025 ގައި މި ވުޒާރާއިން ބައިވެރިވުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މި ވުޒާރައިގެ ސްޓޯލްގައި ހިންގާ އެކި ކަނތައްތަކުގެ ތެރޭގައި ދަނޑުވެރިކަމުގައި އަގު އެއްކުރި ތަކެތި(value added products) ދައްކާލުމަށްވަނީ ހަމަޖެހިފަ އެވެ. ވީމާ މިވުޒާރައިގެ ސްޓޯލްގައި މިފަދަ ތަކެތި ދައްކަލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 00؛14 ގެ ކުރިން ތިރީގައިވާ ލިންކް ބޭނުންކޮށް ރަޖިސްޓްރީވުމަށް އެވުޒާރާއިން އެދެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް، ނަންބަރު 3309309 އަށް ގުޅުއްވުމަށް ވެސް އެވުޒާރާއިން އެދެއެވެ.



