މޯލްޑިވްސް ޕޮލިޓެކްނިކްގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ މޯލްޑިވްސް ޕޮލިޓެކްނިކްގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ވަނީ 25 އޮކްޓޯބަރ 2025 ވީ ހޮނިިހިރު ދުވަހު އެ އިންސްޓިޓިއުޓްގެ މާލެ ކެމްޕަހުގައި ބާއްވައިފައެވެ.

މި ރަސްމިއްޔާތު ޝަަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ނަސީރު އިބްރާހިމެވެ. މީގެ އިތުރުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހަޢިދަރު ޢަހްމަދު ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

2025 ވަނަ އަހަރު ޕޮލިޓެކްނިކްގެ ފަރާތުން ޖުމްލަ 441 ދަރިވަރުން ވަނީ މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކާއި ގުޅޭ ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައެވެ. ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ ކުރިއެރުވުމާއި ނެތެމުންދާ ފަންނުވެރިކަން ދިރުވާ ޢާލާކުރުމަށް ލިޔެލާ ޖެހުމާއި، ފޭލި ވިޔުން އަދި ތުނޑުކުނާ ވިޔުން ފަދަ އަތްތެރި މަސައްކަތްތަކާއި ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ޕޮލިޓެކްނިކްގެ ފަރާތުން ދަނީ ކުރިއަށްގެންދަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.