ބިލެއްދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

ފ. ބިލެއްދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

ބިލެއްދޫ ކައުންސިލް އިމާރާތުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކުލަލުމާއި ދޮރުތައް ހަރުކުރުމުގެ މަސައްކަތެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރަސްފަރި ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިލެއްދޫ ކައުންސިލުގެ އައު ޢިމާރަތުގެ މަސައްކަތް ފެށީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ.

ރަސްފަރި ކޮންސްޓްރަކްޝަނުން ވިދާޅުވާ ގޮތުގައި މި އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެއެވެ.

ބިލެއްދޫ އައު ކައުންސިލު އިމާރާތުގެ މަސައްކަތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އަ.އި.ޕީ.)ގެ ތެރޭގައި ހިމެނޭ މަސައްކަތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހިންގަމުން ދިޔަ ޕީ.އެސް.އަ.އި.ޕީ. ޕްރޮޖެކްޓްތައް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާ ހަވާލުކުރެއްވީ 2025 މޭ 12 ގައެވެ. ޖުމްލަ 67 މަޝްރޫޢު މި ބަދަލުގެ ދަށުން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. މީގެ ތެރެއިން 34 މަޝްރޫޢު، 55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢުގައި ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.