ޕްރޮފެޝަނަލް އިސްލާމިކް ފައިނޭންސް ސެޓިފިކޭޝަންގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ޒަކާތާ ގުޅޭ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 11 މުވައްޒަފުން މެލޭޝިއާއަށް ގޮސްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޖުމްލަ 11 މުވައްޒަފުން، މެލޭޝިއާގެ އިންސީފް ޔުނިވަރސިޓީގައި ކުރިއަށްދާ، ޕްރޮފެޝަނަލް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް (ޕީ.ސީ.އައި.އެފް) ޕްރޮގްރާމްގެ، ޢަމަލީ ބައިގައި ބައިވެރިވުމަށް މެލޭޝިއާއަށް ފުރައިފިއެވެ.

2024 ވަނަ އަހަރު އާންމުކޮށްފައިވާ، ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތަކުގެ ދެވަނަ ބައިގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒަކާތްނަގައި ޒަކާތްބެހުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ދައުލަތުން ކަނޑައަޅައިފައިވާ މީހުންނަކީ، ޒަކާތުގެ ޙުކުމްތައް ދަންނަ، ޝަރުޢީ ގޮތުން ޒަކާތުގެ ޢާމިލަކަށް ކޮންމެހެން އެނގުން ލާޒިމުވާ މިންވަރު އެނގޭ ބަޔަކަށް ވާންޖެހެއެވެ. މި ތަމްރީނަކީ، މިދެންނެވި މަގުން، ޒަކާތު މެނޭޖްމަންޓްގެ ދާއިރާގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް، ޒަކާތު ހައުސްގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

zakat house training

ޕީ.ސީ.އައި.އެފް ކޯސް މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ ޒަކާތުގެ ނިޒާމު ތަރައްޤީކުރުމާއި، ޒަކާތު މެނޭޖްމަންޓް އޮނިގަނޑުތަކާއި، ޒަކާތުގެ އިދާރީ ކަންކަން ހަރުދަނާކުރުމުގެ ސްޓްރެޓެޖީތައް ފަދަ މުހިންމު ދާއިރާތަކުގެ މައްޗަށެވެ. މި ކޯހުގައި ބައިވެރިންނަށް ހަމައެކަނި ތިއަރެޓިކަލް މަޢުލޫމާތު ލިބިދިނުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ކަންކަން ހިންގުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމަށް ތަޖުރިބާ ހޯދުމުގެ ގޮތުން މެލޭޝިއާގެ އެކި އިދާރާތަކަށް ޒިޔާރަތްކުރުންވެސް ވަނީ ހިމެނިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.