ލ.ހުޅިމެންދޫގައި އެމް.އެން.ޔޫގެ ހޮޓެލް ސްކޫލެއް ޤާއިމުކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ހޮޓެލް ސްކޫލް އެންޑް ރިސޯޓް ލ.ހުޅިމެންދޫގައި ޤާއިމުކުރުމަށް އެ ޔުނިވާސިޓީ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. ރަހީމާ އަބްދުލް ރަހީމެވެ. އަދި އެމް.އޭ.ސީ.އެލްގެ ފަރާތުން އެ މުވައްސަސާގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ލ.ހުޅިމެންދޫގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމެވެ. އެގޮތުން، އެމް.އެން.ޔޫގައި ޤާއިމުކުރެވޭ މި ހޮޓެލް ސްކޫލް އެންޑް ރިސޯޓްގެ ދަށުން ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމާއެކު އެ ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެވިފަ އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ހޮޓެލް ސްކޫލް އެންޑް ރިސޯޓް ލ.ހުޅިމެންދޫގައި ޤާއިމުކުރުމަށް އެ ޔުނިވާސިޓީ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އާއި ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ބައިވެރިވަޑައިގަންނަވައިފަ އެެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.