އަގުހުރި ބޮޑެތި އިނާމުތަކާއެކު ސަލަފް ރިހްލާ 2025 މިފަހަރު އދ. އަތޮޅުގައި

ޖަމިއްޔަތުއްސަލަފްގެ ފަރާތުން ކުރިއަށް ގެންދާ ސަލަފް ރިޙްލާ 2025 މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނި އދ. އަތޮޅުގައެވެ. މި ފަހަރުގެ ރިޙްލާ ޕްރޮގްރާމްތަކުގައި ބައިވެރިވެގެން ވަނަވަނައަށްދާ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއްވެސް ވަނީ ހަމަޖެހިފަ އެވެ.

ސަލަފް ރިޙްލާ 2025 ގެ ހަރަކާތްތަކުގައި ބައިވެރިވެ ވަނަވަނައަށްދާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމްތަކުގެ ތެރޭގައި، ތިންވަނައަށް ދާ ފަރާތަކަށް ރެފްކޫލްގެ ފަރާތުން ހށަހަޅާފައިވާ 18000 BTU ގެ އޭސީއެއް، ދެވަނައަށް ދާ ފަރާތަކަށް ޙިޖާޖް ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން ހުށަހަޅާފައިވާ ޢުމްރާ ދަތުރެއް އަދި އެއްވަނައަށް ދާ ފަރާތަކަށް އާލިއާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ޔަމަހާ އެއިރޮކްސް 155 ސީސީގެ ސައިކަލެއް ހިމެނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަރިއަތޮޅު ދެކުނުބުރީ ކައުންސިލް އިދާރާގެ އެއްބާރުލުމާއެކު، ސަލަފް ރިޙްލާ 2025 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޫބަރު އިން 03 ނޮވެމްބަރުގެ ނިޔަލަށެވެ. ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ، މަހިބަދޫ، ދިއްދޫ، ކުނބުރުދޫ، ހަންޏާމީދޫގެ އިތުރުން ދިގުރަށް، ފެންފުށި، މަންދޫ، މާމިގިލި އަދި ދަނގެތީގަ އެވެ.

މި އިވްންޓުގެ ސްޕޮންސަރުންނަކީ އާލިއާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް، ކްލީން ހައުސް، ޙިޖާޖް ޙައްޖު އެންޑް ޢުމްރާ ގްރޫޕް އަދި ރެފްކޫލް އެވެ. ކޯއެސޯސިއޭޓުންގެ ތެރޭގައި މާމިގިލި އިސްލާމިކް ފައުންޑޭޝަން، ފެލްކޮން ޔޫތު އެންޑް ރެކްރިއޭޝަން، އަލް ބައްޔިނާ، ޖަމިއްޔަތުލް ޤަލަމް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި ޖަވާބު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.