ބައިނަލްއަޤްވާމީ ތަފާސް ހިސާބުތަކުގެ ދުވަސް ފާހަަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވަޒީރު ޑރ. ހައިދަރު ބައިވެރިވެވަޑައިގަންނަވައިފައި

ކޮންމެ އަހަރެއްގެ 22 އޮކްޓޯބަރ ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ތަފާސް ހިސާބުތަކުގެ ދުވަސް ފާހަަގަކުރުމަށް މޯލްޑިވްސް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްގެ ފަރާތުން ބޭއްވި ރަސްމިއްޔާތަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދު ވަނީ ބައިވެރިވެވަޑައިގަންނަވައިފަ އެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ”ލޭބަރ ފޯސް ސަރވޭ 2025″ގެ ނަމުގައި ކުރެވުނު ދިރާސާއާއި ގުޅޭ ތަފާސް ހިސާބުތަކުގެ ރިޕޯޓް އިފްތިތާހްކޮށްދެއްވައިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރިޕޯޓްގައި، ދިވެހިރާއްހޭގައި މަސައްކަތްކުރާ އުމުރުފުރާގެ މީހުންގެ އަދަދާއި، މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ ބިދޭސީންގެ އިންސަންތައާއި، ފަޒީފާ އަދާކުރާ އަދި ވަޒީފާ އަދާނުކުރާ އާބާދީއާއި ގުޅޭ ހިސާބުތައް ވަނީ ހިމެނިފަ އެވެ.

މޯލްޑިވްސް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްގެ ފަރާތުން ”ލޭބަރ ފޯސް ސަރވޭ 2025″ގެ ނަމުގައި އިފްތިތާހްކުރެވުނު މި ރިޕޯޓްގައިވާ މަޢޫލުމާތު އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ލިބިލައްވާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.