
ކޮށި ލޮނުމެދު ބޭސް
ބޭނުންވާތަކެތި
- 85 ގްރާމް ލޮނުމެދު (ކުދިކޮށް ކޮށާފައި)
- 50 މިލިލީޓަރު ތެޔޮ(ކަރާސީނު ނުވަތަ ކުކިން އޮއިލް)
- 10 ލީޓަރު ދިޔާ ސައިބޯނި
- 950 މިލިލީޓަރު ފެން
ބޭސްތައްޔާރު ކުރާނެ ގޮތް:
ތެލުގެ ތެރެއަށް ކޮށާފައި ހުރި ލޮނުމެދުކޮޅު އަޅާފައި 24 ގަނޑިއިރު ބަހައްޓާށެވެ. އެއަށް ފަހު މީގެ ތެރެއަށް ފެނާއި ސައިބޯނި އަޅާފައި ގިރާލާށެވެ.
ބޭނުންކުރާނެ ގޮތް
ތައްޔާރު ކުރި ބޭހުގެ 50 މިލިލީޓަރަށް 950 މިލިލީޓަރުގެ ފެން އަޅައިގެން ސްޕްރޭ ކުރާށެވެ.(ނުވަތަ 1 މަތިގަނޑުގެ ބޭހާއި 9 މަތިގަނޑުގެ ފެން އެއްކުރާށެވެ)
މި ބޭހުން ކޮންޓްރޯލް ކުރެވޭނީ
އެމެރިކަން ބޮލްވޯމް
އާރމީ ވޯމް
ރޫޓް ނޮޓް ރެމަޓޯން
ބެކްޓީރިއާގެ ބަލިތައް
އެންތުރެކްނޯސް
ޑަލްނީ މިލްޑިއު
ނޯޓް: ގަސްތަކަށް ބޭސް ޖެހުމުގެ ކުރިން، ބޭސްޖަހާ ގަހުގައި ދޮންވެފައިހުރި މޭވާ ނުވަތަ ތަރުކާރީ ކަނޑަން ވާނެއެވެ.