
ކޮފީ – ހަންގަނޑު ރީތިކޮށް އޮމާން ކޮށްލުމަށް ބޭނުންތެރި އެއްޗެއް
ކޮފީއަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް އެންމެ ގިނަ މީހުންގެ އެންމެ މަޤުބޫލު، އަދި އެންމެ ގިނައިން ބޮއެއުޅޭ އެއް ބުއިމެވެ. ދުވާލުގެ ވަގުތުތައް ނިމިގެންދާއި ދުވަހުގެ ވަރުބަލިކަން ފިލުވާލައި ހަކަތަ ޖައްސާލުމަށް، އަދި ނިދިމޮޅިކަން ކަނޑުވާލައި ހަރަކާތްތެރިވުމަށް އެހީތެރިވުމަށް، ނުވަތަ ރަޙްމަތްތެރިންނާއެކު ބައްދަލުކޮށްލައި ވާހަކަ ދައްކާލާ ވަގުތުގައިވެސް އެންމެ މުހިއްމު އެއްޗަކަށް ވެފައިވަނީ ކޮފީތައްޓެކެވެ. ހަޔާތުގައި ދިމާވާ އުފާތަކާއި ހިތާމަތައް ޙިއްސާކުރާ ވަގުތުގައިވެސް، އެކޮފީތަށި ނެތްނަމަ، ވާހަކަ ކުރިއަށްގެންދިއުން ވެފައިވަނީ އުނދަގޫ ކަމަކަށެވެ.
ދަންނަވަންތޯ އެވެ. ހަކަތަ ހޯދުމާއި ނިދި ފިލުވުން، އަދި ހުސްވަގުތުތަކުގައި ބައިވެރިއަކަށް ވުމުގެ އިތުރުން، ހަންގަނޑު ރީތިކޮށްލައި، އޮމާންކޮށްލުމަށް ވެސް ކޮފީއަކީ ވަރަށް މުޙިއްމު އެއްޗެކެވެ. އެހެންކަމުން މިއަދު މިކިޔައިދެނީ ކޮފީއިން ތައްޔާރުކޮށްލެވޭނެ ސްކްރަބްއެކެވެ.
މިސްކްރަބް ތައްޔާރުކޮށްލުމަށް ބޭނުންވާނީ:-
½ ޖޯޑު ކޮފީ (ހިމުންކޮށް މުގުރާފައި ހުންނަ)
½ ޖޯޑު ބްރައުން ޝުގަރ
½ ޖޯޑު ކާށި ތެޔޮ ނުވަތަ އާމަންޑް އޮއިލް
މިހުރިހާ އެއްޗެއް ތައްޓަކަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ހަނގަނޑުގައި ހާކާލުމަށްފަހު އިރުކޮޅަކު ބަހައްޓާލާށެވެ.
ކޮފީގެ ސަބަބުން ހަންގަނޑުގެ މަރުވެފައިވާ ހަންތައް ފިލައި، ހަންގަނޑު އޮމާންކޮށްދެ އެވެ. އަދި ތެލުގެ ސަބަބުން ހަންގަނޑު ވާންކޮށްދީ، ހަންގަނޑު ހިކުން ދުރުކޮށްދެއެވެ. އަދި ސަރުބީގެ ސަބަބުން ޖެހިފައިވައިވާ ރޫތައް (ސެލިއުލައިޓް) އޮމާންކޮށްދެ އެވެ.
މި ސްކްރަބް ބޭނުން ކުރާނީ އެންމެ ގިނަވެގެން ހަފްތާއަކު އެއްފަހަރު އެވެ.