ށ. ފޮނަދޫގައި ގުދުރަތީ ޕާކުތައް ޤާއިމްކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހި ކޮށްފި

ށ. ފޮނަދޫގައި ގުދުރަތީ ޕާކުތައް ޤާއިމްކޮށް، ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ށ. ފަރިކޮޅުގައި ރައްކާތެރިކުރެވިފައިވާ ސަރަހައްދު (Protected Area) ރަސްމީކޮށް ބަލަހައްޓަން ފަށާފައިވާކަން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސަރަހައްދު ބަލަހައްޓައި ދެމެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ، ތިމާވެށި ހިމާޔަތް ކުރުމާއި ބެހޭ ޙާއްސަ ތަމްރީނު ލިބިފައިވާ ރޭންޖަރުންނެވެ. އަދި މި ރޭންޖަރުންގެ މަސައްކަތަކީ ފަރިކޮޅުގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިދުމަތްދިނުމެވެ. މިއީ ފުނަދޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.

އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ގުދުރަތީ ވަށައިގެންވާ މާހައުލު ރައްކާތެރިކޮށް، އެއާއެކު ރަށުގެ ރައްޔިތުންނަށް އިގްތިސާދީ ފުދުންތެރިކަން ގެނައުމެވެ. ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަކީ ރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއަޅާނެ ކަމެއް ކަމަށެވެ. މި ފަދަ ޕާކުތަކަކީ ތިމާވެއްޓަށް އެކުވެރިގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށުގެ ރައްޔިތުންނަށް އާ އާމްދަނީގެ މަގުތައް ހުޅުވައިދޭނެ ކަމެއް ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެ އެވެ.

އަދި މިފަދަ މަސައްކަތްތަކުން ފުނަދޫގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެށި ރައްކާތެރިކުރުމާއި އާބާދީގެ ފުދުންތެރިކަން ގުޅުވައިލެވޭނެކަމަށް ބެލެވެ އެވެ. މިކަމުގެ ސަބަބުން، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެ  އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.