“ ފެހި ދިރުން އެކްސްޕޯ“ ހޮނިހިރު ދުވަހު،

ޤައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ޖަނަވާރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ވުޒާރާއިން ”ފެހި ދިރުން އެސްޕޯ“ ގެ ނަމުގައި އެކްސްޕޯއެއް ބާވަން އަންނަނީ ތައްޔާރުވަމުންނެވެ.

މި އެކްސްޕޯ ފެށޭނީ 18 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފެހި ދިރުން އެސްޕޯގައިދަނޑުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ސްޓޯލް ތަކާއި، ދިރޭތަކެއްޗާއި ގުޅުންހުރި ސްޓޯލްތަކުގެ އިތުރުން, ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކާއި، ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ޖަމިއްޔާތަކުންނާއި، ދޫނި ކާނާ އާއި ދޫނީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން، އާޓް ކްރާފްޓްގެ މަސައްތަކުގެ ސްޓޯލްތަކާއި،ރާއްޖޭގައި ހައްދާ ތަކެތިން އުފައްދާ ތަފާތު ވައްތަރުގެ ފިނި ބުއިންތަކާއި، ކާބޯތަކެތި ވިއްކާ ސްޓޯލްތައްވެސް ހިމެނޭނެ އެވެ.

މީގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ސްޓޯލްތަކުން ތަފާތު ގޭމްސްތައް ކުޅެލުމާއިއެކު ތަފާތު ގިފްޓް ތައް ހޯދާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އަދި މި ވުޒާރާގެ ސްޓޯލްތަކުން ވުޒާރާއިން އާންމުކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ހޯދާލުމުގެ ފުރުސަތުތަކާއިއެކު ފޮޓޯ ޝެޝަންތަކާއި ދިރޭތަކެއްޗާއި ގުޅޭ ކުއިޒެއްގެ އިތުރުން ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ”ފެހި އެކްސްޕޯ“ ގައި ހުންނާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.