އިޒްރާއީލްއާއި ގުޅުންހުރި ކަމުގެ ތުހުމަތުގައި އިރާނުން އިތުރު 6 މީހަކަށް މަރުގެ އަދަބު

އިޒްރާއީލްއާއި ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ އިތުރު 6 މީހަކަށް އިރާންއިން މަރުގެ އަދަބު ދީފި އެވެ.

އިޒްރާއީލްއަށް ޖާސޫސް ކޮށްދިނުމުގެ އިތުރުން، އިރާންގެ ހުޅަނގުދެކުނުން އޮންނަ ޚުޒެސްތާން ޕްރޮވިންސުގައި ހަތިޔާރާއެކު ޙަމަލާތަކެއް ދީފައިވާ ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ކަމަށް އިރާނުގެ ރަސްމީ މީޑިއާ ”މިޒާން“އިން ވަނީ ބުނެފަ އެވެ.
މިޒާން މެދުވެރިކޮށް އެގައުމުގެ ޖުޑިޝަރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ”ވަކިވެގަންނަން މަސައްކަތްކޮށް އަދި ޚުޒެސްތާން ޕްރޮވިންސުގައި އަމަން ބަލަހައްޓާ ފަރާތްތަކަށް އަމާޒުކޮށް ހަތިޔާރާއި ބޮމުގެ ހަމަލާތަކެއް ސިލްސިލާކޮށް ދީފައިވާ ނިރުބަވެރި 6 ފަރާތަކަށް މިއަދު ފަތިހު މަރުގެ އަދަބު ދީފައިވާ“ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މަރުގެ އަދަބު ދެވުނީ ކޮން ބަޔަކަށް ކަމާއި އަދި އެމީހުން ހައްޔަރު ކުރެވުނީ ކޮން އިރަކު ކަމެއް އިރާންގެ މީޑިއާއިން ވަގުތުން ހާމަކޮށްފައެއް ނުވެ އެވެ.

އެހެންނަމަވެސް މިޒާންއިން ބުނެފައިވަނީ 2018 އަދި 2019 ގައި ބާސިޖްގެ އަސްކަރީ ސަރަހައްދަކަށް ހަމަލާދީ، 4 އޮފިސަރުން މަރާލުމަށް ދެވުނު ހަމަލާތަކުގައި އެމީހުންގެ ބައިވެރިވުން ވާކަމުގައެވެ.

މިހަމަލާތަކުގައި ސަލާމަތީ ބާރުތަކުގެ 2 މީހުންވެސް މަރުވެފައިވާ ކަމަށް މިޒާންއިން ބުނެފައިވެއެވެ. މީގެއިތުރުން ޚޮއްރަމްޝަހްރްގެ ޕެޓްރޯލް ސްޓޭޝަންއެއްގައި ބޮމެއް ގޮއްވާލާފައިވާ ކަމަށް އެއްބަސްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އިރާންއިން ނިރުބަވެރިންނާއި އަދި ވަކިވެގަންނަން އުޅޭ ފަރާތްތަކަކީ އެޤައުމުގެ އެންމެ ބޮޑު ދުޝްމަނު އިޒްރާއީލްގެ ޖާސޫސުން ކަމަށް ތުހުމަތުކުރެ އެވެ. އެގޮތުން މިފަހަރު މަރުގެ އަދަބުދިން 6 މީހުންނަކީ ވެސް އިޒްރާއީލަށް ސަޕޯޓުކުރާ، އަދި އިޒްރާއީލްގެ މަދަދު ލިބި، އެގައުމަށް މަޢުލޫމާތު ފޯރުކޮށްދޭ ބައެއްގެ ގޮތުގައި ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.