ސްކޭމްގެ މައްސަލަތަކާ ބެހޭގޮތުން ބ. ކިހާދޫގައި މަޢުލޫމާތު ދިީފި

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ބ. ކިހާދޫގައި ކުރިއަށް ގެންގޮސްފި އެވެ.

ކިހާދޫ ޕޮލިސް ޕޯސްޓުގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މި ހަރަކާތުގެ މަގުސަދަކީ މިފަދަ ޖިނާއީ އަމަލުތަކުން ރައްކާތެރިވުމަށް ރައްޔިތުންނަށް މައުލޫމާތުދީ އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް އަދި ފިހާރަތަކަށް ޒިޔާރަތްކޮށް ވެސް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ފިހާރަތަކުގެ ކޭޝިއަރުންނަށް އަމާޒުކޮށްގެން ކުރެވޭ މަކަރާއި ހީލަތުގެ އަމަލުތަކުގެ މައުލޫމާތު ހިއްސާކޮށް އަދި މިފަދަ އަމަލުތަކުން ސަލާމަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވެ އެވެ.

އަދި ފައިސާގެ މުއާމަލާތްތަކާއި އެހެނިހެން މުހިންމު ކަންކަމުގައި އަބަދުވެސް ސަމާލުކަން ބެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި ފޯނަށް އަންނަ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށާއި އޮންލައިން ވިޔަފާރިކުރާއިރު މަކަރާއި ހީލަތުގެ އަމަލެއް ހިނގިޔަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

މި ހަރަކާތުގައި، އަމިއްލަ ނަފުސުގެ ރައްކާތެރިކަމާއެކު މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ މައްޗަށް އިސްކަން ދެވުނެވެ. މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާ މި ދުވަސްވަރުގައި، މިފަދަ ހޭލުންތެރިކަމުގެ ސެޝަންތަކަކީ ރައްޔިތުންނަށް ވަރަށް ބޮޑު އެހީތެރިކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.