އޮގަސްޓު މަހުގެތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް 8 ކުދިން ނަގާފައިވޭ
ފާއިތުވި އޮގަސްޓު މަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް 8 ކުދިން ނަގާފައިވާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެވުޒާރާއިން މީޑިއާތަކަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓުމަހުގެ ތެރޭގައި އެކި މައްސަލަތަކުގެ ސަބަބުން ކުދިންގެ ރައްކާތެރިކަމަށްޓަކައި އާއިލާއާއި ވަކިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވަނީ 4 އަންހެންކުދިންނާއި 4 ފިރިހެން ކުދިންނެވެ.
މީގެއިތުރުން އެވުޒާރާގެ ހިސާބުތަކުގައި ހާމަކޮށްފައިވާ ގޮތުގައި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން،2025 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 156 ކުދިން އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 83 ފިރިހެންކުދިންނާއި 73 އަންހެންކުދިންނެވެ.
ހަމައެހެންމެ އޮގަސްޓުމަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ތިބި ކުދިންގެ ތެރެއިން 1 ކުއްޖަކު ފޮސްޓަރ އާއިލާއަކާއި ހަވާލުކުރެވި، އެއާއިލާއާއެކު ދިރިއުޅެން ފަސާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން މިއަދު އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، އޮގަސްޓް 31 ގެ ނިޔަލަށް އެވުޒާރާއަށް ކުޑަކުދިންގެ ހައްޤުތަކާއި ގެވެށިއަނިޔާ އަދި ގަނާކުރުމުގެ 205 މައްސަލައެއް ހޫށަހެޅި، އެމައްސަލަތަކަށް ހަރަކާތްތެރި ވެވިފައިވެއެވެ. އޭގެތެރޭގައި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 84 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިމައްސަލަ ތަކުގެ ތެރޭގައި ހިމެމެނީ ކުދަކުދިންނަށް އަޅާނުލައި ދޫކޮށްލާފައިވާ ކަމުގެ 26 މައްސަލައަކާއި، ގެވެށި އަނިޔާގެ މަންޒަރުތައް ފެންނަފަދަ މާހައުލެއްގައި ތިބިކަމުގެ 14 މައްސަލައަކާއި، ޖިންސީ ގޯނައިގެ 13 މައްސަލަ، އަދި ޖިސްމާނީ އަނިޔާގެ 8 މައްސަލައާއި ނަފްސާނީ އަނިޔާގެ 9 މައްސަލައިގެ އިތުރުން ބްލެކްމޭލްގެ 4 މައްސަލައަކާއި ސައިބަރ ބުލީންގެ ޝިކާރައަކަށް ވެފައިވާ ކަމުގެ 5 މައްސަލައާއި ގަނާ ކުރުމުގެ ޝިކާރައަކަށް ވެފައިވާ ކަމުގެ 5 މައްސަލައާއި ކުދިންގެ އަޚްލާޤަށް އަންނަ ބަދަލުތަކުގެ ސަބަބުން ހުށަހެޅިފައިވާ 17 މައްސަލަވެސް ހިމެނެއެވެ.

މީގެއިތުރުން ވަކި ޖިންސަކަށް އަމާޒުކޮށް ދެވޭ އަނިޔާއާއި ގެވެށި އަނިޔާގެ 45 މައްސަލަވެސް ހުށަހެޅިފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ ޖިސްމާނީ އަނިޔާގެ 25 މައްސަލައާއި ޖިންސީ އަނިޔާގެ 4 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 10 މައްސަލައިގެ އިތުރުން ރޭޕްގެ 1 މައްސަލައިގެ އިތުރުން މުދަލާއި ތަކެއްޗަށް ގެއްލުންދިން ކަމުގެ 2 މައްސަލަ ހިމެނެ އެވެ.