ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ޔޫސް އޮފް ފޯސް ރިފްރެޝަރ ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ޔޫސް އޮފް ފޯސް ރިފްރެޝަރ ޕްރޮގްރާމް ކުރިއަށް ގެންގޮސްފި އެވެ.

ސެޕްޓެންބަރު މަހުގެ 25 އިން 26 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ފުލުހުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރިއަށް ގެންދިޔަ މުހިންމު ޕްރޮގްރާމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގދ. އަތޮޅުގެ އެކި ރަށްރަށުން 31 ފުލުހުން ބައިވެރިވި މި ޕްރޮގްރާމްގައި، ފުލުހުން ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑިއާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެދަށަށް މީހުން ގެނައުމުގައި އަމަލުކުރާނޭ ގޮތުގެ އުކުޅުތައް އިތުރަށް ދަސްކޮށްދިނުމަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

އަދި ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައި އެވެ. އަދި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ވެސް މި ޕްރޮގްރާމުގެ ތެރެއިން މައުލޫމާތު ދީފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.