ބަނބުކެޔޮ ފަހަށް ރައްކާކުރާނީ ކިހިނެތް؟

ބަނބުކޭލަކީ ރާއްޖޭގެ ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ބާވަތެކެވެ. މިއީވެސް މޫސުމީ ކާނާއެކެވެ. އެހެންނަމަވެސް މިއީ ގިނަދުވަހަށް ރާއްކާކޮށްފައި ބެހެއްޓޭނެ އެއްޗެކެވެ. މި ބަލާލަނީ ބަނބުކެޔޮ ފަހަށް ރައްކާކޮށްފައި ބެހެއްޓުމަށް ހެދިދާނެ ގޮތްތަކެށެވެ.

ފަހަށްރައްކާކުރާނެގޮތް:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބަނބުކެޔޮ ހަތަރު ފަޅިއަށް ފަޅާލައި،މެށުމަށްފަހު، ކަރުނުނަގާ ކަންކާނީއެވެ. މިގޮތަށް ކައްކާއިރު ކައްކަން ވާނީ މުޅިން މަޑުނުވާވަރަށް ދެބައި ހަމަ މިންވަރަށެވެ. ރޯފިލުމުން ބަނބުކެޔޮކޮޅު ފެނުންނެގުމަށްފަހު ހިހޫވެލަންދެން ބަހައްޓާށެވެ. ހިހޫވުމުން ބަނބުކެޔޮތަކުގެ ކަރުރައް ނެގުމަށްފަހު ބަނބުކެޔޮ ފޮތިފޮއްޗަށް ކޮށާލާށެވެ. އެއަށް ފަހު ދުމަށިމަތީގައި ފޮތިތައް އަތުރާލާށެވެ، ދެން 2 ދުވަސް ވަންދެން ދަށުން އަލިފާން އަންދާ ހޫނުކުރާށެވެ. މިގޮތަށް ހޫނު ކުރާއިރު ވަރަށް ރީތިކޮށް ބަނބުކެޔޮ ފޮތިތައް ހާކާލާ ފުށުންޖަހަންވާނެއެވެ.

އެއަށްފަހު ޓިނުގަޑެއްފަދަ އެއްޗެއްގައި އަވީލާށެވެ. މިގޮތަށް އަވީލާއިރު ފޮތިތައް ވަކިވަކި ކޮށްލަން ހަނދާންކުރަންވާނެއެވެ.

ހަފްތާއެއްވަންދެން ގަވައިދުން އަވީލާ ހިއްކަން ވާނެެއެވެ. ދެން ހިއްކުމަށްފަހު ސުތުލި ގޯންޏަކަށް އަޅާފައި، ހޫނުވާ ހިސާބެއްގައި ބަހައްޓާށެވެ. މިގޮތަށް ބަނބުކެޔޮ 2 އަހަރުވަންދެން ބެހެއްޓޭނެއެވެ.

ކެއުމަށް ބޭނުން ކުރެވޭނެގޮތްތައް:

ހިއްކި ބަނބުކެޔޮ ކެއުމަށް ބޭނުންކުރާއިރު އެއްދުވަސް ކުރިން ފެނުއަޅަންވާނެއެވެ. އެއަށްފަހު ރީތިފެން އަޅާފައި 40 މިނެޓް ވަންދެން މަތި ޖަހައިގެން ކައްކާނީއެވެ.

ބަނބުކޭލަކީ އޭގެއިން ފޮނި، ކުޅި، މިނޫންނަށް އެކި ރަހަތަކުގެ ކާތަކެތި ހެދޭނެ ބާވަތަކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.