މަޝްވަރާގެ އެއްއަމާޒަކީ ސިޔާސީ ލީޑަރުން މިނިވަންކުރުން: އެމްޑީޕީ / އަދާލަތު

ސަރުކާރާއެކު ފަށާ މަޝްވަރާތަކުގެ އެއްއަމާޒަކީ ދެ ޕާޓީގެ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ވާހަކަދެއްކުމަކީ މަޝްވަރާގެ އަމާޒެއް ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ބުނެފިއެވެ.

އެ ދެޕާޓީ ގުޅީގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ސަރުކާރާއެކު އެ ޕާޓީތަކުން މަޝްވަރާ ފަށަން ނިންމީ އެއްވެސް ޝަރުތަކާ ނުލައި ކަމުން، ދެ ޕާޓީގެ ފަރާތުން ދައްކާނެ ވާހަކަތައް އިނގޭނީ މަޝްވަރާގެ ވާހަކަތައް ފެށުނީމަ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ސިޔާސީ ޕާޓީތަކުން ކަނޑައަޅާ މަންދޫބުންނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވެން ޖެހޭނެ ކަމަށާއި ހުރިހާ ޕާޓީތަކުން ކަނޑައަޅާ ކެންޑިޑޭޓަކަށްވެސް އިންތިޚާބުގައި ބައިވެރިވެވޭނެ މަގު ފަހިކުރުމަށް މަޝްވަރާގައި ވާހަކަ ދައްކާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ބުނީ ސަރުކާރާއެކު ވާހަކަތަކަށް ދާންނިންމީ ނަތީޖާ ހާސިލްކުރަން ކަމަށާއި އެގޮތުން އެމްޑީޕީން ބޭނުންވާ ގޮތަކީ ވަކި މުއްދަތެއްގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންގޮސް ވަކި މުއްދަތެއްގެ ތެރޭގައި ނަތީޖާއެއް ހާސިލްކުރުން ކަމަށް ޝިފާޒު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށްޓަކައި މަޝްވަރާ ކުރާނަމަ ސަރުކާރުންވެސް އެއް ރޫހެއްގައި ކުރިއަށްދާން ޖެހޭނެކަން ޝިފާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ސަރުކާރާއެކު ކުރިއަށްދާ މަޝްވަރާތަކުގެ މަޢުލޫމާތު ބޭރުގެ ފަރާތްތަކާއި ޙިއްޞާ ކުރައްވާނެ ކަމަށާއި ޚާއްޞަ ގޮތެއްގައި ކޮމަންވެލްތަށް ޙިއްޞާ ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާތައް އަލުން ފަށަން ނިންމާފައިމިވަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން މިދިޔަ ހުކުރު ދުވަހު ރާއްޖެ އެ ގްރޫޕުގެ އެޖެންޑާގައި ހިމަނައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް އަންގާފައިވާތީ އެވެ. އަދި އެކަން ކުރަންޖެހެނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތަކާ ނުލައި ކަމަށް ސީމެގުން ބުނެފައިވަނިކޮށެވެ.

މި ފަހަރުގެ މަޝްވަރާގައި އެމްޑީޕީ އާއި އަދާލަތު ޕާޓީންވެސް ބައިވެރިވާނެ ކަމަށް އިޢުލާނު ކޮށްފައިވާ އިރު، ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަން މީގެ ކުރިން މަސައްކަތްކުރި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން އެއްބާރުލުން ދީފައެއް ނުވެއެވެ. އެ ދެ ޕާޓީން ވެސް އެކި ފަހަރު މަތިން ސަރުކާރަށް ޝަރުތުތަކެއް ކުރިމަތިކުރުވި އިރު، ސަރުކާރުންވެސް ވަނީ ދޫނުދީފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.