”ކުރިމަގު ސައްލާ“ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ ”ކުރިމަގު ސައްލާ“ އަށް މައުލޫމާތު އެއްކުރުމަށް ނެކްސިއާގެ ޓީމްތަކުން އެކި އަތޮޅުތަކުގައި ހަރަކާތްތެރިވަމުން އެބަގެންދެ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު އެއްކުރުމަށް ކުރިއަށްގެންދާ މި ދަތުރުތަކުގައި ހަރަކާތްތެރި ވަނީ މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެވޯޑްކޮށްފައިވާ ކޮންސަލްޓެންޓް، ނެކްސިޔާ މޯލްޑިވްސްގެ ޓީމް ތަކުންނެވެ. މި ބައްދަލުވުންތަކުގައި މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި ރައްޔިތުން ބޭނުންވާ ތަސައްވުރަށް މި ޕްލޭންގެ ދަށުން މަގްޗާޓް ކުރަހަދޭނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރަމުންދާ މި ދަތުރުތަކުގެތެރެއިން މިއަދު ބައްދަލުވުންތައް އދ، ހދ، އަދި ވ. އަތޮޅާއި ފުވައްމުލަކުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން އދ. މަހިބަދޫގައި ”ކުރިމަގު ސައްލާ“ ބޭއްވުމަށް ނިންމާފައިވަނީ އދ. ތަޢުލީމީ މަރުކަޒުގައި މިރޭ 20:15 ގަ އެވެ. ހދ. ހަނިމާދޫގައި ”ކުރިމަގު ސައްލާ“ ބޭއްވުމަށް ނިންމާފައި ވަނީ މިރޭ 20:20 ގައި ހަނިމާދޫ އިޖުތިމާއީ މަރުކަޒުގަ އެވެ. ވ. ކެޔޮދޫގައި ”ކުރިމަގު ސައްލާ“ ބޭއްވުމަށް ނިންމާފައި ވަނީ މިރޭ 20:30ގައި ކެޔޮދޫ ޕްރީސްކޫލްގަ އެވެ.

މީގެ އިތުރަށް ފުވައްމުލަކުގައި ކުރިއަށްގެންދާ ”ކުރިމަގު ސައްލާ“ ގެ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މިރޭ 20:15ގައި ޏ.އަތޮޅު ތަޢުލީ މަރުކަޒުގަ އެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން ”ވިލުންތެރި ރާއްޖެ 2045“ އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދާ ”ކުރިމަގު ސައްލާ“ ބައްދަލުވުންތަކުގައި ރަށު ކައުންސިލާއި މުވައްސަސާތަކުގެ އިތުރަށް ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލާާއި މަޝްވަރާ ހޯދުމަށް ވަނީ ނިންމާފަ އެވެ.

”ވިލުންތެރި ރާއްޖެ“ ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.