މީހެއްގެ ގައިގައި ކާރުން ޖެހުމުން ފިލި މީހާ ހައްޔަރުކޮށްފި

ކަފިހިހުރަސްމަތިން މަގުހުރަސްކުރި 63 އަހަރުގެ މީހެއްގެ ގައިގައި ކާރުން ޖެހުމުން ފިލި މީހާ ހައްޔަރު ކޮށްފި އެވެ.

ކަފިހިހުރަސް މަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށް، އެމީހާގެ ވަނަވަރު އާންމުކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެކްސިޑެންޓާއި ބެހޭ ތަފްސީލް ހާމަކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މިމަހު 21 ވަނަދުވަހު ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައި ކަމަށާއި، އެމީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއިން ފަރުވާދެމުންދާ ކަމަށެވެ. އަދި މިމައްސަލަ ފުލުހުންގެ ޚިދުމަތައް ރިޕޯޓު ކޮށްފައިވަނީ ހަމައެދުވަހުގެ ރޭ 21:30 ހާއިރު ކަމަށްވެސް ބުނެފައިވެ އެވެ.

މިއެކްސިޑެންޓްގައި ކާރު ދުއްވަންއިން މީހާ ހޯދާފައިވަނި ސީސީޓީވީ ފުޓެޖް ބަލައިގެންނެވެ. އެގޮތުން ފުޓެޖްތައް ބަލައި، އެ ކާރު ހޯދައި، އެވަގުތު ކާރުދުއްވަންއިން ޏ. ފުވައްމުލައް / ދަޑިމަގު. ނައިސް، ޚާލިދު ޢަބްދުﷲ ޢަލީ (57އ)، ކޯޓު އަމުރެއްގެ ދަށުން މިމަހު 22 ވަނަދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކޮސްފައިވާ މީހަކީ މާލޭގައި އެތައް ވިޔަފާރިއެއް ހިންގާ، އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ފަރާތެކެވެ.
އެކްސިޑެންވި މީހާގެ ހާލު ރަނގަޅުކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ. އަދި މިމައްސަލަ ފުލުހުންގެ ޚިދުމަތުން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.