
ކާގޯބޯކުން ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސްދަނީ ކުރެވެމުން
ވިލިމާލޭގެ އުތުރުން ކިލޯމީޓަރެއްހާ ދުރުމިނެއްގައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު އިންޑިއާ މީހަކު ހޯދަމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޑިފެންސް ފޯސްއިން ބުނެފި އެވެ.
”އެމްއެސްވީ ޑައުލާ“ ނަމަކަށްކިޔާ މިބޯޓުން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓުނު ކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައި ވަނި ރޭގެ 23:35 ހާއިރު ކަމަށް އެޚިދުމަތުން ބުނެފައިވެއެވެ. އަދި ރިޕޯޓު ލިބުމާއެކު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުންދާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
ކަނޑާއި ވައިގެމަގުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެމީހާ އަދިވެސް ފެނިފައެއް ނުވެއެވެ.



