ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިޓަލީގައި މުޒާހިރާ ކުރަނީ

 ފަލަސްތީނަކީ މިނިވަން ދައުލަތެއްގޮތުގައި އިޓަލީއިން ބަލައިގަތުމަށް ގޮވާލައި އިޓަލީގެ ބައެއް ރައްޔިތުން މުޒާހަރާކުރަން ފަށައިފިއެވެ.

ބައިނަލްއަޤްވާމީ ނޫސްމަޖައްލާތަކުގައި ބުނެފައިވާ ގޮތުގައި، އިޓަލީގެ މިލާންގެ މަގުތައްމަތީގައާއި ޖެނޯއާ އަދި ލިވޯރނޯގައި ވައަތުފިޔައިގެ މެމްބަރުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެކި ޖަމިއްޔާ އަދި މުސްލިމުން އިސްކޮށްތިބެ، އެތައް ރައްޔިތުންނެއް ނިކުމެ ދަނީ، އިޓަލީއިން ޔޫއެންގައި ފަލަސްތީން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައި ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެއިތުރުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކާއި ދެކޮޅަށް އަދި އިޒްރާއީލްގެ ނިރުބަވެރި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އެތައްބަޔަކު ނިކުމެ ޖެނޯއާ އަދި ލިވޯރނޯގެ ޕޯޓް ބަންދުކޮށް، ސްކޫލްތައް ބަންދުކޮށް ދަތުރުފަތުރަށް ވެސް ހުރަސްއަޅާފައިވާ ކަމަށް ޚަބަރުތަކުން ބުނެފައިވެއެވެ. 

އިޓަލީގައި ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައި ރައްޔިތުން އެއްވުންތައް ބާއްވަމުންދާއިރު ދާދިފަހުން އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިއާއާއި ފަރަންސޭސިވިލާތުންވެސް ފަލަސްތީން ދައުލަތެއްގައި ބަލައިގަނެ، އަދި އިނގިރޭސިވިލާތުގައި ފަލަސްތީންގެ އެމްބަސީއެއްވެސް ވަނީ ހުޅުވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.