އިރާންއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ލުއި ނުކުރުމަށް ޔޫއެން އިން ނިންމައިފި

އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދީފައިވާ ލުއި އިތުރު ނުކުރުމަށް ޔޫއެންގެ ސަލާމަތީ ކައުންސިލުން ނިންމައިފި އެވެ. 

އީރާންއިން ހިންގާ ނިއުކްލިއަރ ޕްރޮގްރާމްއާއި ގުޅިގެން އެކުވެރި ދައުލަތްތަކުން އެގައުމަށް އަޅާފައިވާ އިޤްތިސޯދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދިފައިވާ ލުއި އިތުރުކޮށް، ދާއިމީކޮށް ފިޔަވަޅުތަށް ނައްތާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އިންކާރުކޮށް، ދަތިކުރުމުގެ ފިޔަވަޅު ޤާއިމް ކުރުމަށް ޔޫއެންގެ ސަލާމަތީ ކައުސިލުން ނިންމައިފިއެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސަލާމަތީ ކައުންސިލުގެ މިނިންމުން އެގައުމުން ސިފަކޮށްފައިވަނީ ސިޔާސީގޮތުން ގެންގުޅޭ ތަފާތުކުރުމުގެ ގޮތުގައެވެ. 

އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ހުރުކު ދުވަހު ބޭއްވި ބައްދަލުވުމުގައި ނެގި ވޯޓުން ފިޔަވަޅުތައް އުވާލުމަށް ތާއީދުކޮށް 4 ގައުމަކުން ވޯޓު ދީފައިވާއިރު، މިކަމާއިދެކޮޅަށް 9 ގައުމަކުން ވަނީ ވޯޓު ދީފައެވެ. ތާއީދުކޮށް ވޯޓުދީފައިވަނީ ރަޝިއާ، ޗައިނާ އަދި ޕާކިސްތާންގެ އިތުރުން އަލްޖީރިއާއިންނެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތާއީދު ނުލިބުމުން، އަލުން އެކަށީގެންވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ސެޕްޓެމްބަރު 28 އިންފެށިގެން ކުރިން އަޅާފައިވާ ފިޔަވަޅުތައް އަލުން އިޢާދަވެ ތަންފީޒު ކުރެވޭނެއެވެ. 

ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ތަންފީޒުކުރުމަށް ވޯޓު ދީފައިވަނީ އެމެރިކާ އިނގިރޭސިވިލާތް، ފްރާންސް، ސިއެރާލިއޯން، ސްލޮވީނިއާ، ޑެންމާކްގެ އިތުރުން ގްރީސްއާއި ޕަނަމާ އަދި ސޯމާލިއާއެވެ. މިވޯޓުގައި ގުޔާނާ އަދި ދެކުނު ކޮރެއާއިން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. 

ޔޫއެންގެ ސަލާމަތާބެހޭ ކައުންސިލްއިން މިވޯޓު ނަގާފައިމިވަނީ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތުން އެމީހުންގެ ޝަރުތުތަކަށް ތެހެރާންއިން އަމަލު ނުކޮށްފިނަމަ ފިޔަވަޅުތައް އަލުން ތަންފީޒުކުރުމަށް ގޮވާލައި 30 ދުވަހުގެ މުހުލަތެއް ދީފައިވަނިކޮށެވެ. އަދި މި ނިންމުމަކީ އަވަސްވެގަތުމެއް ކަމަށާއި މިއީ ބޭނުމެއް ނެތް، ޤާނޫނާ ޚިލާފު ކަމެއްކަމަށް ބުނެ، މިނިންމުން ޤަބޫލު ނުކުރާނެ ކަމަށް ހުކުރު ދުވަހު ބޭއްވުނު ޖަލްސާގައި އދ. އަށް އީރާނުން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު އަދި ސަފީރު އަމީރު ސަޢީދު ވަނީ ބުނެފައެވެ.

އަދި މިވޯޓްއާއެކު ސުލްހަވެރި އެއްބަސްވުމަކަށް އައުމަށް އޮތް ހަމައެކަނި ފުރުސަތުވެސް މި 3 ގައުމުން ނަގާލައިފި ކަމަށް ވެސް އިރާންގެ ސަފީރު ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.