
ރޯމިރުހާއި ހިތިފަތު ބޭސް
ބޭނުންވާ ތަކެތި
10-20 ރޯމިރުސް
2-2/5 ހިތި ފަތް
21 ލީޓަރު ފެން
2 މެޒުމަތީ ސަމުސާ ދޮންނަ ކުނޑި
ބޭސް ތައްޔާރު ކުރާނެގޮތް:
މިރުހާއި ހިތިފަތް ވަނެއްގައި ތަޅައި ހިމުންކޮސްލާށެވެ. 1 ލީޓަރު ފެނުގެ ތެރެއަށް އަޅާފައި އެއް ރޭ ވަންދެން ބަހައްޓާފައި ފުރާނާލާށެވެ.
ބޭނުންކުރާނެ ގޮތް
ފުރޭނި، ފެނުގެތެރެއަށް އިތުރު 20 ލީޓަރު ފެނާއި، ދޮންނަ ކުނޑި އަޅައި ރަނގަޅަށް ގިރާލާށެވެ. މި ބޭސް ގަސްތަކަށް ސްޕްރޭ ކުރަން ވާނީ ހެނދުނު ހެނދުނާ ނުވަތަ ހަވީރު ހިޔާޖެހުމުންނެވެ.



