އެމެރިކާގެ އަސްކަރީ ސިފައިން އަފްޣާނިސްތާނަށް އައުމަށް އެގައުމުން ދެކޮޅު ހަދައިފި

އަފްޣާނިސްތާންގެ ބަޣްރަމް ވައިގެ ބަނދަރަށް އެމެރިކާގެ އަސްކަރީ ސިފައިން އަނބުރާ ފޮނުވުމަށްއެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަފްޣާނިސްތާންގެ ސަރުކާރަށް ހުށަހެޅި ހުށަހެޅުމަށް އެގައުމުން ނޫނެކޭ ބުނެފި އެވެ.
އެގައުމުގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކު ސޯޝަލް މީޑިއާގައި މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ކާބުލްއިން ޚާރިޖީ މަސްރަހުގައި އެމެރިކާއާއެކު ގުޅުން ގާއިމްކުރުމަށް ތައްޔާރުކަމަށާއި، ނަމަވެސް އަސްކަރީ ބާރުތައް އެގައުމުގައި އަނެއްކާވެސް ގާއިމް ކުރުމަށް އެއްވެސް ވަރަކަށް ހުއްދައެއް ނުދެވޭނެކަމަށެވެ.
ފާއިތުވި ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ބުނެފައިވަނީ، ”ބަޣްރަމްގައި އެގައުމުގެ އަސްކަރީ ބޭސްއެއް ހެދުމަށް ބާރުއަޅާ“ ކަމަށެވެ.

އަދި ޗައިނާއާއެކު އޮންނަ ވާދަވެރިކަމުގެ ސަބަބުން އެގައުމުގެ މައްޗަށް އަސްކަރީ ބާރު ފޯރުވުމަށް، އަފްޣާނިސްތާނުގައި އަސްކަރީ ބޭސްއެއް ހުރުމަކީ އެމެރިކާއަށް ކޮންމެހެންވެސް މުޙިއްމު ކަމެއް ކަމަށެވެ. ”އަހަރެމެން މިބަލަނީ އެތަން އަނބުރާ އަތުލެވޭތޯ“ ޓްރަމްޕް ބުނެފައިވެއެވެ. އަދި ތާލިބާނަށް އެވައިގެ ބޭސް ރައްދުކޮށްފައި ވަނީ ބަދަލުގައި އެއްވެސް އެއްޗެއް ނެތި ކަމަށާއި، އެވައިގެ ބޭސް ހުންނަނީ ޗައިނާއިން ނިއުކްލިއާ މިސައިލް ތައްޔާރުކުރާ މަރުކަޒާއި އެންމެ އެއްގަޑިއިރުގެ ރާސްތާއެއްގައި ކަމަށްވާތީ، އެތަނަކީ އެމެރިކާއަށް ކޮންމެހެންވެސް ލިބެންޖެހޭ ތަނެއް ކަމަށްވެސް ޓްރަމްޕް ބުނެފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބަޣްރަމް އެއާޕޯޓު ހިފުމަށް އެމެރިކާއިން މަސައްކަތްކުރި ނަމަވެސް އަފްޣަނިސްތާނުން އެކަމަށް ވަނީ ނޫނެކޭ ބުނެފައެވެ. އެގައުމުގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލެއް ކަމަށްވާ ޒާކިރު ޖަލާލް ބުނެފައިވަނީ ”އަފްޣާނިސްތާނުގެ އެއްވެސް ހިސާބެއްގައި އެމެރިކާގެ އަސްކަރީ އެއްވެސް ބާރެއް ގާއިމް ކުރުމެއްނެތި، އެހެން ދާއިރާތަކުން ދެގައުމުގެ ގުޅުން ބަދަހިކުރުމަށް އެންމެ ރަނގަޅު“ ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އިޙްތިރާމްއާއެކު ސިޔާސީ އަދި ކާރިޖީ ގުޅުންތައް ގާއިމް ކުރުމަށް މަރުހަބާކިޔާ ކަމަށެވެ.
އަފްޣާނިސްތާނުގައި އެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒު ދޫކޮށްލުން އެއީ ކުރެވުނު ވަރަށް ބޮޑު މޮޔަކަމެއް ކަމަށާއި، އެކަމާ ހިތާމަކުރާ ކަމަށް ޓްރަމްޕްގެ އިދާރާއިން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.