
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއެކު ބައްދަލުވުމެއް ބާއްވައިފި
މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރެއިން މާލެއާއި، ސިޓީތަކުގެ މަގުތަކާ ގުޅޭ ގޮތުން، ރައްޔިތުން ޚިދުމަތް ލިބިގަންނާނޭ ޑިޖިޓަލް ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތާއި ބެހޭ ގޮތުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު އިރުފާނާއި، ޑެޕިޔުޓީ މިނިސްޓަރ ސިމަން ހާދީއާއި އެލްޖީ ޑިޕާޓްމެންޓްގައި މަސައްކަތްކުރައްވާ ބައެއް ވެރިން ބައިވެރިވެލެއްވި އެވެ.



