
ދަނގެތީގައި ނަމާދު އަދި ރިސާލަތު ޕްރޮގުރާމެއް ގެންގޮސްފި
އެޓޯލް ނިއުސްގެ ޓެލެގްރާމް ޗެނަލް އަށް ސަބްސްކްރައިބް ކޮށްލައްވާ
އދ. ދަނގެތީގައި ނަމާދު މަތިވެރިކުރުން ޕްރޮގުރާމާއި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން ދަނގެތީ ސްކޫލް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް ވަނީ މި ދެ ޕްރޮގުރާމުގެ ދަންފަޅިތައް ކުރިއަށް ގެންގޮސްފައެވެ. މި ދަންފަޅިތައް ނަންގަވައިދެއްވީ އައްޝައިޚް އަޙްމަދު ފަޒާދު ފާއިޒް އަދި އައްޝައިޚް އަޙްމަދު އަޒުހާނުއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ ޢާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުސަދުގައި ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. އަދި ނަމާދު ޕްރޮގުރާމަކީ ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމުގެ މަޤުސަދުގައި މިއަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.



