
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ 2 ވަނަ ފެތުމުގެ މުބާރާތް މާދަމާ ފަށަނީ
އެޓޯލް ނިއުސްގެ ޓެލެގްރާމް ޗެނަލް
ސްޕެޝަލް އިލިމްޕިކްސް މޯލްޑިވްސް (އެސް- އޯ މޯލްޑިވްސް)ގެ 2 ވަނަ ފެތުމުގެ މުބާރާތް މާދަމާ (19 ސެޕްޓެމްބަރު 2025) ވާ ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މުބާރާތް އޮންނާނީ ހުޅުމާލެ ސްވިމިންގ ޕޫލްގަ އެވެ.
އެސް- އޯ މޯލްޑިވްސްގެ މެންބަރުންނަށް ހުޅުވާލައިގެން ފެށުމަށް ހަމަޖެފައިމި މި މުބާރާތުގައި ޖުމްލަ 58 ކުދިން ބައިވެރިވފައިވެ އެވެ. މިއީ މިދިޔަ އަރަހާ ބަލާއިރު ދެގުނަ އަށްވުރެ އިތުރު އަދަދެކެވެ. 32 ޑިވިޝަނަކަށް އޮންނަ މި މުބާރާތުގައި 7 އިވެންޓް ޖަހައެވެ.
އެއީ:
- 25 މީޓަރު ފްރީ ސްޓައިލް
- 25 މީޓަރު ބެކްސްޓޯކް
- 25 މީޓަރު ބްރެސްޓް ސްޓްރޯކް
- 25 މީޓަރު ބަޓަފްލައި
- 50 މީޓަރު މީޓަރު ފްރީ ސްޓައިލް
- 25 މީޓަރު ކިކް ބޯޑް ރޭސް
- 50 މީޓަރު ކިކް ބޯޑް ރޭސް
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމަށް ރާއްޖޭގައި އެންމެ ފުޅާކޮށް ޙަރަކާތްތެރިވަމުން އަންނަ އެސޯސިއޭޝަނެވެ.



