
އެމް.އެން.ޑީ.އެފްގެ އެފްއާރުއެސްއިން މޯލްޑިވިއަންގެ ކެބިން ކުރޫންނަށް، ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މޯލްޑިވިއަންގެ ކެބިން ކުރޫންނަށް، ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ސެޕްޓެންބަރު 14ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދީފައިވެއެވެ. އަދި މި ސެޝަނުގައި މޯލްޑިވިއަންގެ ކެބިން ކުރޫންނަށް، ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށްދީފައިވެއެވެ. މި ސެޝަނުގައި މޯލްޑިވިއަންގެ 5 ކެބިން ކުރޫން ބައިވެރިވި އެވެ.
މި ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.



