ތުލުސްދޫ ހޮސްޕިޓަލްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ތުލުސްދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމް.ޓީ.ސީ.ސީއިން ބުނެފި އެވެ.

ކ. ތުލުސްދީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ހަވާލުވެފައިވާ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް، އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިޕޯސްޓުގައި އެކުންފުނިން އިތުރަށް ބުނެފައިވަނީ، ހޮސްޕިޓަލް އަޅާ ސަރަޙައްދު ސާފުކުރުމާ ފެންސް ޖެހުމުގެ މަސައްކަތް ނިމި، ޢަމަލީ މަސައްކަތަށް ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތް މިމަހުގެ ފަހު ހަފްތާގައި ފެށޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެ އެވެ. 

ހޮސްޕިޓަލް އިމާރާތުގެ އިތުރުން، 1729.10 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކްއަކާއި 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިމަޝްރޫޢަށް 101.71 މިލިއަން ރުފިޔާ ޚާރަދުވާނެ ކަމަށް އެކުންފުނިން ލަފާކޮށްފަ އެވެ. 

ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލެބޯރެޓަރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރީގެ އިތުރުން އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއް އަދި ޕަބްލިކް ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ތުލުސްދޫގައި އަލަށް ތަރައްގީކޮށް އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލްއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.