އައިއެންއައިއޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ޚިދުމަތަށް ބުރޫ އަރައިފި

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައިއެންއައިއޭ)ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެމުގެ ސަބަބުން ދެމުން ގެންދިޔަ ޚިދުމަތަށް ބުރޫ އަރައިފިއެވެ.

އެއަރޕޯޓުގައި މަސައްކަތްކުރާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް އެޓޯލް ނިއުސްއަށް ބުނީ އެ މައްސަލަ ދިމާވީ މިއަދު ހެނދުނުން ފެށިގެން ކަމަށެވެ. އަދި އިރުއިރުކޮޅާ އެކި ހިސާބުތަކުން ކަރަންޓޫ ކެނޑުމުން އަންނަ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ޑޮމެސްޓިކް ޓަރމިނަލްއިން ކަރަންޓު ދިއުމުގެ ސަބަބުން އެތެރޭގެ އުދުހުންތަކަށް މީހުން ފުރުވާލަނީ އިންޓަރނޭޝަނަލް ޓަރމިނަލުން ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކަރަންޓް ނެތަސް ފްލައިޓްތަކަށް އެއްވެސް ވަރަކަށް ޑިލޭ ނާންނަ ކަމަށާއި އިންޓަރ މިވަގުތު ކަރަންޓު ނެތީ ހަމައެކަނި ޑޮމެސްޓިކް ޓަރމިނަލްގައި ކަމަށެވެ.

އެއަރ ޕޯޓުން ކަރަންޓު ކެނޑެން ދިމާވީ މައި އިންޖީނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި އެހެންނަމަވެސް މެންދުރު ގާތްގަޑަކަށް 2 ޖަހާ އިރު، އިންޓަރނޭޝަނަލް ޓަރމިނަލްއަށް ކަރަންޓު ލިބިފައިވާ ކަމަށްވެސް އެމީހާ ބުންޏެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.