މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

މީހަކު ބަރަހަނާކޮށް ވީޑިއޯ ނަގައި، އަދި ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފިއެވެ.

ދުވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ، މިމައްސަލައަކީ ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ފާއިތުވި އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ކަމަށްވެސް އެޚިދުމަތުން ބުނެފައިވެއެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިމައްސަލައިގައި ތުހުމަތު ކުރެވޭ 2 މީހަކު ފުލުހުން މިމަހުގެ 4 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި، އެމީހުންގެ ވަނަވަރު ހާމަކޮށްފައެވެ. އެގޮތުން ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) އެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ގައި އެމީހުން ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އެދެމީހުން ހައްޔަރުކޮށް އެއެޕާޓްމަންޓް ބަލައި ފާސްކުރިކުރުމުން 3 މޯބައިލްފޯނާއި 3 އަތުކުރީގަޑި، 1 ޑްރޯން، 1 ދޮށި، 2 އަވިއައިނުގެ އިތުރުން ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިތަކެއްޗަކީ ވެސް އެކި އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މިތަކެތީގެ އިތުރުން 6 ވަޅިވެސް އެޕާޓްމަންޓުން ފުލުހުން ބެލި ބެލުމުން ވަނީ ހޯދާފައެވެ. 

މިމައްސަލައާއި ގުޅިގެން އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

މިމައްސަލައިގެ އިތުރުންވެސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި، އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން މުޙައްމަދު ޟަމީރުއާއި ޢަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް، ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

އަދި މިހުރިހާ މައްސަލައެއްވެސް ފުލުހުން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ. ހަމައެއާއެކު މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ޝިކާރައަކަށް އިތުރު ބަޔަކުވެސް ވެފައިވާކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އިތުރު އެއްވެސް މީހަކު ވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.