
ރައީސުލް ޖުމްހޫރިއްޔާ ރަށުކައުންސިލް ތަކުން ހުށަހަޅާ ކަންކަމަށް ޢަމަލީ ސިފަ ގެނެސްދެއްވާ
ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅައި ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް ޢަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެތްކެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުރެގެން ކަމަށެވެ.
ލާމަތުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ރައީސްލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އިންސާފުވެރި ގޮތަކަށް ކައުންސިލުތައް މާލީ ގޮތުން ބާރުވެރިވާނެ ކަމަށް ވެސް އެޕޯސްޓުގައި މިނިސްޓަރ ވިދާޅުވެފައިވެ އެވެ.