
ތިނަދޫ ސިޓީ ކުނިގޮނޑުގައި އަލިފާން ރޯވެއްޖެ
ތިނަދޫ ސިޓީ ކުނިގޮނޑުގައި އަލިފާން ރޯވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، ތިނަދޫ ސިޓީގެ އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ތިނަދޫ ފަޔަރ ސަބްސްޓޭޝަންގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އަލިފާން ރޯވި ކަމުގެ މަޢުލޫމާތު އެޚިދުމަތަށް ލިބިފައިވަނީ ފަތިހު 4:50 ގައި ކަމަށާއި، ރިޕޯޓު ލިބުމާއެކު އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެޚިދުމަތުން ބުނެފައިވެ އެވެ.
މިހާދިސާއާއި ބެހޭ އިތުރު މަޢުލޫމާތު އަދި ލިބިފައެއް ނުވެ އެވެ.