
ޙަމާސްގެ ސްޕޯކްސްޕާސަން އަބޫއުބައިދާ ޝަހީދުކޮށްލައިފި ކަމަށް އިޒްރާއީލުން ބުނެފި
ޙަމާސްގެ ސްޕޯކްސްޕާސަން އަބޫއުބައިދާ ޝަހީދުކޮށްލައިފި ކަމަށް އިޒްރާއީލުން ބުނެފި އެވެ.
އިޒްރާއީލްގެ ދިފާއީ ވަޒީރާއި ހަވާލާދީ އަރަބް ނިއުސްއިން ބުނެފައިވަނީ، އަބޫއުބައިދާ ޝަހީދުކޮށްލާފައި ވަނީ އޭނާއަށް އަމާޒުކޮށް މިއަދުދިން ހަމަލާތަކެއްގައި ކަމަށެވެ.
އެންމެ ފަހުން އަބޫއުބައިދާގެ ބަސްކޮޅެއް އިވިފައިވަނީ އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އަސްކަރީ ސަރަހައްދެއްގެ ގޮތުގައި ޣައްޒާ ކަނޑައަޅާފައިވުމާއި ބެހޭގޮތުން ފާއިތުވި ހުކުރު ދުވަހު އެވެ.
މިކަމާއިބެހޭގޮތުން އިޒްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ، ޤައްސާމް ބްރިގޭޑްގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު ކަމުގައިވާ އަބޫއުބައިދާއަށް އަމާޒުކޮށް އިޒްރާއީލުން ހަމަލާތަކެއް ދީފައިވިނަމަވެސް އެހަމަލާތަކުގައި އޭނާ ޝަހީދުވި ކަމެއް ނޫން ކަމެއް އަދި ޔަގީން ނުވާކަމަށެވެ. ސަބަބަކީ މިކަމަށް ހަމާސްއިން އެއްވެސް ވަރަކަށް ރައްދެއްދިފައި ނުވާކަން ފާހަގަކުރެވޭތީ ކަމަށް ވަޒީރުންގެ ބައްދަލުވުމުގައި ނަތަންޔާހޫ ބުނެފައިވެ އެވެ.
އަބޫއުބައިދާ އަވަހާރަކޮށްލި ކަމަށް އިޒްރާއީލުން ބުނަމުންދިޔަނަމަވެސް ހަމާސްއިން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި މިކަމާއި ބެހޭގޮތުން ބަހެއް ބުނެފައެއް ނުވެ އެވެ.