
”ބެލެނިވެރިންގެ ހޮޅުއަށި“ މާދަމާ ރޭ
”ބެލެނިވެރިންގެ ހޮޅުއަށި“ގެ ނަމުގައި ޚާއްޞަ ސެޝަނެއް މާދަމާ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
މި ސެޝަންގައި ކުދިން ބާރުވެރިކުރުމުގައި މައިންބަފައިންގެ ދައުރާ ގުޅޭގޮތުން ބެލެނިވެރިންނަށް މަޢިލޫމާތު ދޭނެ އެވެ. އަދި ކުދިން ބާރުވެރިކުރުމަށް މައިންބަފައިންނަށް ގެންގުޅެވިދާނެ ރަނގަޅުގޮތްތަކާ ބެހޭގޮތުން ވެސް މި ސެޝަންގައި މައުލޫމާތު ދޭނެ އެވެ.
މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:00 އިން 21:30 އަށް އިސްރަށްވެހިންގެ ނާދީގަ އެވެ.
”ބެލެނިވެރިންގެ ހޮޅުއަށި“އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަޤްޞަދުގައި ބާއްވާ ސެޝަންތަކެކެވެ.
މިސެޝަންގައި ބައިވެރިވުމަށް ނަމާއި ފޯނު ނަމްބަރު 7925704 އަށް މެސެޖު ކޮށްލާށެވެ.