މީރީގެ ”ޔޫތް ވޮއިސެސް“ ކެމްޕެއިންގެ ދަށުން އިނާމު ހާޞިލުކުރުމުގެ ފުރުޞަތު

މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ ޕްރޮޖެކްޓް)ގެ ދަށުން ”ޔޫތް ވޮއިސެސް“ ގެ ނަމުގައި، ތަފާތު އިނާމުތަކާއިއެކު ޒުވާނުންނަށް ޚާއްސަ ކެމްޕެއިނެއް ފައްޓައިފިއެވެ.

”ޔޫތް ވޮއިސެސް“ ކެމްޕެއިންގެ ދަށުން ވަނަ ހޯދާ ފަރާތްތަކަށް އިނާމުގެ ގޮތުގައި، އީ-ރީޑަރ، ޓްރައިޕޮޑް އަދި އައިޕެޑް ހާޞިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ކެމްޕެއިންގައި، 16 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީރީ ޕްރޮޖެކްޓްގެ މި ކެމްޕެއިންގައި ބައިވެރިވުމަށް 3 މިނެޓްގެ ވީޑިއޯއެއް ނުވަތަ 10 ގަނޑު ހިމެނޭ ސްލައިޑް ޑެކެއް ހުށަހަޅަންވާނެއެވެ. ހުށަހަޅާ ވީޑިއޯ ނުވަތަ ސްލައިޑް ޑެކްގައި، މަސައްކަތްކުރާ ނުވަތަ ތަމްރީނުވަމުންދާ ދާއިރާ، ދިމާވި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތައް، ހާޞިލުކުރި ތަޢުލީމާއި ތަމްރީނުގެ ސަބަބުން ލިބިފައިވާ ހުނަރާއި ޤާބިލްކަން އަދި އެ ދާއިރާ އިން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖެއް ހިމަނަންވާނެއެވެ.

ހުށަހަޅާ ވީޑިއޯ ނުވަތަ ސްލައިޑް ޑެކް އަދި ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑް ކޮޕީ ”ޔޫތް ވޮއިސެސް ސަބްމިޝަން“ގެ ސަބްޖެކްޓް ލައިނާއި އެކު pmu@mohe.gov.mv އަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި އެޕްލިކޭޝަން ފުރިހަމަކުރުމަށް ހުރިހާ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކެއްގައި މީރީ ޕްރޮޖެކްޓަށް ”ފޮލޯ“ ކުރަންވާނެއެވެ.

”ޔޫތް ވޮއިސެސް“ ކެމްޕެއިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 12 ސެޕްޓެމްބަރ 2025 ވާ ހުކުރު ދުވަހެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.