
އެއީ އެކަހެރި ކޮށްލާފައިވާ ޞިފަ ހުތުރު ފަޤީރެއް
އެއީ ވަރަށް ފަޤީރު މީހެކެވެ. ފަޤީރީ އެކަންޏެއްނޫނެވެ. އެއީ އެއްވެސްވަރަށް މީހުންގެ އަޅާލުން ލިބޭ މީހެއް ނޫނެވެ. އެންމެންވެސް އޭނާ ހުންނަނީ އެކަހެރި ކޮށްލާފައެވެ. މީހުން އޭނާޞިފަކޮށްދެނީ ހުތުރު މީހާގެ ނަމުންނެވެ. މީހަކު އޭނާ އަށް ބަލާލައިފި ނަމަ ވަޤުތުން މޫނު އަނބުރާލާއެވެ. މިއީ ﷲ އޭނާ އުފެއްދެވި ގޮތެވެ. (ފަޤީރުކަމާއި، މުޖްތަމަޢުގައި އެއްވެސް އަގެއްނެތް ހުތުރު މީހެއްގެ ގޮތުގައެވެ.) އޭނާގެ ނަމަކީ ޖުލައިބީބު އެވެ. رضى الله عنه
އެއްދުވަހަކު ރަސޫލާ އަށް ޖުލައިބީބު ފެނިއްޖެއެވެ. (ބައްދަލު ވެއްޖެއެވެ.) އެއިރު ޖުލައިބީބު ވަނީ ޢުމުރުން ދުވަސްވެފައެވެ. ރަސޫލާ ސުވާލު ކުރެއްވިއެވެ. އޭ ޖުލައިބީބެވެ. ޙާލު ކިހިނެތް ހެއްޔެވެ. ؟ އެއީ ރަސޫލާ އާދައިގެ މަތިން މީހުން ފެނުނީމަ އައްސަވާ ގޮތެކެވެ. އެއްސެވި އެވެ. އޭ ޖުލައިބީބެވެ. ޙާލު ކހިނެތް ހެއްޔެވެ.؟ ޖުލައިބީބު ޖަވާބުދެއްވި އެވެ، އޭ ﷲގެ ރަސޫލާއެވެ.
ﷲ ގެ އިރާދަފުޅުން އަހަންނަށް ލިބޭނެ ހަމައެކަނި އަންހެނަކީ ސުވަރުގޭގައި ލިބޭނެ ޙޫރުލް ޢިނުންކަން ކަލޭގެ ފާނަށް ހީފުޅުވޭތޯއެވެ. ރަސޫލާ އަށް މީނާ މިބުނި އެއްޗެއް ވަރަށް ރަނގަޅަށް ވިސްނި ވަޑައިގެންފިއެވެ. އެއީ މި ދުނިޔޭގައި އޭނާ އަށް އަންހެނަކު ލިބެންނެތީކަމަށް އޭނާ ހީކުރުމެވެ. އަދި އެގޮތުގައި އޭނާ މަރުވުމަށްފަހު ސުވަރުގެއިން ޙޫރުލް ޢީނެއް ލިބުމުގެ އުންމީދެވެ. ރަސޫލާ ޙަދީޡް ކުރެއްވިއެވެ. ނޫނެކެވެ. އަދި ކިޔެއްހެއްޔެވެ. މިދުނިޔޭގައިވެސް އަދި ޖަންނަތުގައިވެސް މެއެވެ.
ﷲ އިރާދަ ކުރެއްވިއްޔާ ތިބާ އަށް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އަންބަކު ލިބޭނެއެވެ. ދެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ، އެވެނި މިވެނި ގެޔަކަށް ދާށެވެ. ދެން އަހާށެވެ. އެގޭގައި އަންހެން ކުއްޖެއް ހުނަނާނެއެވެ. ޖުލައިބީބު އެގެޔަށް ހިނގައްޖެއެވެ. ނަމަވެސް އޭނާ ބަލައެއް ނުގަތެވެ. ދެން ރަސޫލާ އެގެއަށް ގޮސް އެ ކުއްޖާގެ ބައްޕަ ގާތުއެހިއެވެ. ތިމަން ކަލޭގެފާނު މިއައީ ކަލޭގެ އަންހެންދަރީގެ ކައިވެންޏަށް އެދޭށެވެ. އެމީހާ އުފަލުން ގޮވިއެވެ.
الله أكبر الله أكبر ތިޔައީ ކޮންފަދަ އުފާވެރި ޚަބަރެއްތޯއެވެ. ލޮލުގެ އުޖާލާކަން ގެނެސް ހިތަށް ފިނިކަން ލިބުއްޖެއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. ނޫނެކެވެ. ތިމަން ކަލޭގެފާނަކަށްނޫނެވެ. އެހެން މީހަކަށެވެ. އެމީހާ ރަސޫލާއާ ސުވާލު ކުރިއެވެ. ކާކަށްތޯއެވެ. ރަސޫލާ ޙަދީޡް ކުރެއްވިއެވެ، ޖުލައިބީބަށެވެ. ދެން ކުއްލިޔަކަށް އެމީހާގެ އުފާވެރިކަން ބަދަލުވެ މޫނުމަތި އަނދިރިވެގެން ދިޔައެވެ، ދެން އޭނާ ބުންޏެވެ. ތިމަން އޭނާގެ މަންމަ ގާތު އަހާލާނަމެވެ. ދެން އޭނާ ގެޔަށް ވަދެ އޭނާގެ އަނބިމީހާ ގާތު ބުންޏެވެ. ރަސޫލާ އަހަރުމެންގެ ދަރިފުޅުގެ ކައިވެނީގެ ވާހަކަ އަހައިފިއެވެ. އޭނާ ބުންޏެވެ.
الله أكبر الله أكبر ތިޔައީ ކޮންފަދަ އުފާވެރި ޚަބަރެއްތޯއެވެ. ލޮލުގެ އުޖާލާކަން ގެނެސް ހިތަށް ފިނިކަން ލިބިއްޖެއެވެ. އެނާ ބުންޏެވެ.. ނޫނެކެވެ ނޫނެކެވެ. ރަސޫލާ އަކަށް ނޫނެވެ. އެނާ ސުވާލު ކުރިއެވެ. ކާކަށް ހެއްހެވެ. ފިރިހެން މީހާ ބުންޏެވެ. ޖުލައިބީބަށެވެ. ދެން އަންހެން ކުއްޖާގެ މަންމަ ބުންޏެވެ . ސުބްޙާނަﷲ އެވެ. އަހަރުން ގާތަށް އެޔަށް ވުރެ މާ ރަނގަޅު މީހުން އަހަރުމެންގެ ދަރީގެ ކައިވެންޏަށް އެދުނެވެ. އެކަމަކު އަހަރުމެން އެކަމެއް ޤަބޫލެއް ނުކުރަމުއެވެ. އަހަރުމެން ގާތަށް ރަނގަޅު ޢާއިލާތަކުން އެކަނބުލޭގެ ކައިވެންޏަ އާދެއެވެ. އެކަމަކު އަހަރުމެން އެމީހުން ޤަބޫލެއް ނުކުރަމުއެވެ.
ދެން މިހާރު މުޖްތަމަޢުގައި އެންމެ އެންމެ ދަށް ފަންތީގެ މީހާ އަދި އެންމެ ހުތުރު މީހާ އަށް އަހަރުމެންގެ ދަރިފުޅު ދޭންވީ ހެއްޔެވެ.؟ ނޫނެކެވެ ނޫނެކެވެ. އެވަޤުތު އެދެމީހުންގެ އެ ރީތި ދަރިފުޅު ހުރީ ފަހަތުގައި އެއަޑު އަހާށެވެ. ދެން އޭނާ ނިކުމެ ސުވާލު ކުރިއެވެ. މަންމާއޭ! ބައްޕާއޭ! ތިމަންނައަށް މިއަޑު އިވެނީ ކޮންކޮން ވާހަކައެއްހެއްޔެވެ. ރަސޫލާ އެމީހެއްގެ އަރިހުގައި ހުރެ ތިމަންނާޔާ އެމީހަކާ ކައިވެނި ކުރުމަށް އެދުނީމާ މަންމަމެން ނޫނެކޭ ތިޔަ ބުނަނީ ﷲ ރަސޫލާ އަށް ހެއްޔެވެ.
ﷲ ގަންދީ ބުނަމެވެ. އަހަރެން ﷲ ގެ ރަސޫލާގެ އެ ހުށަހެޅުން ރައްދެއް ނުކުރާނަމެވެ. އަދި ޖުލައިބީބަކީ އަހަރެން ކައިވެނި ކުރާނެ ހަމައެކަނި މީހާއެވެ. ދެން އެޚަބަރު ޖުލައިބީބަށް ލިބުން އުފަލުން ފޮޅުނެވެ. ދެން ރަސޫލާގެ ބައެއް ޞަޙާބީން ޖުލައިބީބަށް ކައިވެނި ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނެވެ. މިގޮތުގައި ދުވަސްތައް ވޭތިވަމުން ދިޔައެވެ. ދެން އެއްފަހަރަކު ހަނގުރާމަ މީހުން ނިކުތެވެ. އޭގައި ޖުލައިބީބުވެސް ނިކުމެވަޑައިގަތެވެ. މި ހަނގުރާމާގައި ރަސޫލާވެސް ބައިވެރިވިއެވެ.
އަދި މުސްލިމުންނަށް ކާމިޔާބު ލިބުނެވެ. ދެން އާދައިގެ މަތިން ރަސޫލާ ނިކުވެވަޑައިގެން ޞަޙާބީންނަށް ބެއްލެވިއެވެ. ވަރަށް ގިނަ ޞަޙާބީން ޝަހީދުވެފައި ތިއްބެވެ. އެކި މީހުން އެކި ސުވާލު ކުރަމުން ގެންދިޔައެވެ، ތިމަންގެ ބޮޑުބޭބެ ކޮބާ ހެއްޔެވެ؟ ތިމަންގެ ބޭބެ ކޮބާ ހެއްޔެވެ، ތިމަންގެ ދަރިފުޅު ކޮބާ ހެއްޔެވެ. އެހެން ނަމަވެސް ރަސޫލާ ކުރައްވަނީ ހަމަ އެއްމެ ސުވާލެކެވެ. ޖުލައިބީބު ކޮބާހެއްޔެވެ. އެންމެންވެސް ބުނަމުން ދިޔައީ އޭ ﷲގެ ރަސޫލާ އެވެ.
ތިމަންނަ އަކަށް ނޭނގެއެވެ. އެއްވެސް މީހަކު އެނާ އަކަށް އަޅައެއް ނުލައެވެ. ވީތަނެއްވެސް ނުބަލައެވެ. ޖުލައިބީބަށް އަޅަލަނީ (ޚަބަރުބަލަނީ) ހަމައެނަކި ރަސޫލާއެވެ. ރަސޫލާ އެއްސެވިއެވެ. ތިމަންކަލޭގެފާނުގެ ޖުލައިބީބު ކޮބާހެއްޔެވެ. ދެން ރަސޫލާ ޖުލައިބީބު ހޯއްދަންވަން ނިކުވެވަޑައިގަތެވެ. އެންމެ ފަހުން ޝަހީދު ވެފައިވާ މީހުންގެ ތެރެއިން ރަސޫލާއަށް ޖުލައިބީބުފެނުނެވެ. ބިންމަތީ ޝަހީދުވެގެން ވެއްޓިފައި އޮތެވެ. އޭނާގެ ވަށައިގެން ވައްބޮޅެއްހެން ހަތް ދުޝްމަނުން މަރުވެފައި އޮތެވެ.
ރަސޫލާއަށް މި މަންޒަރު ފެނިފައި އޭނާއަށް ވަރަށް ރަނަގަޅަށް ބައްލަވާލެއްވިއެވެ. އެހިނދު ރަސޫލާގެ ލޮލުން ކަރުނަފޮދު އޮހޮރިގެން ދިޔައެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މުޝްރިކުންގެ ތެރެއިން ހަތް މީހުން ޤަތުލު ކޮށްފައި ޝަހީދުވީއެވެ. ޖުލައިބީބަކީ ތިމަންކަލޭގެފާނުގެ މީހެކެވެ. އަދި ތިމަންކަލޭގެފާނަކީ ޖުލައިބީބުގެ މީހެކެވެ. މިގޮތަށް ތިން ފަހަރު ތަކުރާރު ކުރެއްވިއެވެ. ޖުލައިބީބަކީ ތިމަންކަލޭގެފާނުގެ ޢާއިލާގެ މީހެކެވެ. އަދި ތިމަންކަލޭގެފާނަކީ އޭނާގެ ޢާއިލާ މީހެކެވެ.
ދެން ޖުލައިބީބަކަށް އެއްވެސް ދާންކޮޅެއް ނުވެއެވެ. ހަމަ އެކަނި ވަނީ ރަސޫލާގެ މާތް އަތްކޮޅެވެ. ދެން ރަސޫލާގެ މާތް އަތްޕުޅުން ޖުލައިބީބު ނެންގެވިއެވެ. އެހިނދު ރަސޫލާ ކީރިތި ކުރެއްވިއެވެ. ދެން ކުއްލިޔަކަށް އެކަލޭގެފާނުގެ ކީރިތި ކުރައްވަމުން ހިނިވަރުނަ ކުރެއްވިއެވެ. ދެން އަނެއް ފަރާތައް ބައްލަވާލެއްވިއެވެ. ރަސޫލާގެ މާތް އަތްކޮޅުން ޖުލައިބީބު ވަޅުލެއްވިއެވެ. ދެން ޞަޙާބީން ރަސޫލާއާ ސުވާލު ކުރެއްވި އެވެ. އޭ ﷲގެ ރަސޫލާއެވެ.
ކަލޭގެފާނު ކީރިތި ކުރައްވަމުން ގޮސް ކުއްލިޔަކަށް ހިނިވަރުނަ ކުރެއްވީ ކީއްވެ ހެއްޔެވެ. އަދި އަނެއްފަރާތަށް މޫނު އަނބުރާލެއްވީ ކީވެތޯއެވެ. ރަސޫލާ ޖަވާބު ދެއްވިއެވެ. ތިމަންކަލޭގެފާނު ކީރިތި ކުރެއްވީ ތިމަންކަލޭގެ ފާނުގެ ޢާއިލާގެ މެންބަރު ޖުލައިބީބު ގެއްލުނީމައެވެ. ތިމަންކަލޭގެފާ މެނުވީ އެއްވެސް މީހަކު އޭނާއަށް އަޅާ ނުލައެވެ. ދެން ﷲ ސުބްޙާނަހު ވަތަޢާލާ ތިމަންކަލޭގެފާނަށް ސުވަރުގެއިން ޖުލައިބީބުގެ މަޤާބު ދެއްކެވިއެވެ.
އަދި އެތަނުން ޙޫރުލްޢީނުންގެ ތެރެއިން އޭނާއަށް އެއްއަނބި ކަބަލުން އޭނާގެ ގާތަށް ދުވެފައި އަންނަތަން ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެހެނެވެ ތިމަންކަލޭގެފާނަށް ހިނިވަރުނަ ކުރެވުނީއެވެ. އެއީ އެންމެފަހުން އޭނާއަށް އޭނާ ބޭނުންވި ކަހަލަ އަންބެއް ސުވަރުގެއިން ލިބުނީމައެވެ. ދެން އެ ޙޫރުލްޢިން ދުވަނިކޮށް ފައިގެ ފުންނާބު ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީއެވެ. އެހެންވެ މޫނު އަނބުރާލެއްވީއެވެ. ތިމަންކަލޭގެފާނަށް ޖުލައިބީބުގެ އަނބިމީހާއާ ދިމާލަށް ބެލުމުގެ ހުއްދައެއްނެތެވެ.



