ކަށިމިޔަރު މަސްވެރިކަމަށް ނޮވެމްބަރުން ފެށިގެން ހުޅުވާލަން ނިންމައިފި

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުޅުދުއްފުށި ރައްޔިތުންނަކީވެސް މީގެ ކުރިން ކަށި މިޔަރުގެ މަސްވެރިކަން ކުރަމުން ގެންދިޔަ ބައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގަވާއިދުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން މިހާރު އެކަން ހުއްޓިފައިވާ ކަމަށެވެ. އެހެން ނަމަވެސް ކަށި މިޔަރުގެ މަސްވެރިކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަށި މިޔަރު މަސްވެރިކަން ކުރުމާގުޅޭ ގަވާއިދުތައް މިހާރު މުރާޖާ ކޮށްފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާއާއި ތިމާވެެއްޓާބެހޭ ވުޒާރާއިން ގަވާއިދުތައް އަލުން މުރާޖާކޮށް އެމަސައްކަތް މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލާނެކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވީމާ ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރީން ރާއްޖޭގައި ކުރި އަދި އޭގެން ބޮޑު މަންފާއެއް މަސްވެރީން ހޯދި މަސްވެރިކަމުގެ ބާވަތެކެވެ. އެކަން ހުއްޓުނީ ރާއްޖޭގައި މިޔަރުގެ އަބާދީ މަދު ވަމުން ދިއުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު މިޔަރު އާބާދީ ރާއްޖޭގައި އިތުރުވެ ބައެއް ފަހަރު މަސްވެރިންނަށްވެސް މިޔަރުގެ އުދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުންގެންދިޔަ މަސްވެރިކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.