މީޑިއާ ބިލް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ބިލް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ނިންމައިފި އެވެ.
މަޖިލީހުގައި މިއަދު ވަނީ ބިލް ބަލައިގަތުމަށް ވޯޓަށް އަހާފައެވެ. މަޖިލީހަށް ހާޒިރުވެ ތިއްބެވި 62 މެމްބަރުންގެ ތެރެއިން ބިލް ބަލައިގަތުމަށް ވަނީ 49 މެމްބަރުން ވޯޓުދީފައެވެ. ބިލް ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދީފައިވަނީ 12 މެމްބަރުންނެވެ. ވޯޓަށްފަހު ރިޔާސަތުން ވަނީ މީޑިއާ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވެއްޖެކަމަށް އަންގައި، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ބިލް ފޮނުވިއްޖެކަމަށް އިއުލާނުކޮށްފަ އެވެ.
މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ބިލް ފޮނުވިއިރު، މިއަދުގެ މަޖިލީހުގައި ބިލާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވާހަކަދެއްކެވިއިރު، ބިލާ އެއްކޮޅަށް ވާހަކަދައްކަވާފައިވަނީ ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުންނެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހަށް ވައްދާފައިވަނީ މިހިނގާ އޮގަސްޓްމަހުގެ 19 ވަނަ ދުވަހެވެ. މި ބިލް މަޖިލީހަށް ހުށަހެޅީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބިލާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބިލާ ދެކޮޅަށް ނިކުމެފައިވާއިރު، މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.